ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިޒަމް އަށް ޕީއެސްއަކު ހޯދަން އަލުން އިއުލާނު ކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ޝަރުތު ހަމަވާ މީހުން މަދުކަމުން ޓޫރިޒަމް މިނިސްޓުރީ އަށް ޕީއެސްއަކު ހޯދަން އަލުން އިއުލާނު ކޮށްފިއެވެ.

ސިވިލް ސާވިސް ކޮމިޝަނުން ބުނީ ކުރިން ކުރި އިއުލާނާ ގުޅިގެން މަގާމަށް ކުރިމަތިލީ ފަރާތްތަކުން އަލުން މަގާމަށް ކުރިމަތިލާން އެދޭނަމަ އެޕްލިކޭޝަން ހުށަހަޅަން ޖެހޭނެ ކަމަށާއި , ކުރީގެ އިއުލާނާ ގުޅިގެން ހުށަހަޅާފައިވާ ލިޔުންތައް އަލުން ހުށަހަޅަން ނުޖެހޭނެކަމާއި، އިތުރު ލިޔުމެއް ހުށަހަޅަން ބޭނުންވެއްޖެ ނަމަ، އެ ލިޔުމެއް ހުށަހެޅުމުގެ ފުރުސަތު އޮންނާނެ ކަމަށެވެ.

ޕާމަނަންޓް ސެކްރެޓަރީންނަށް އައްޔަނު ކުރާ މީހުންގެ ހުންނަންޖެހޭ އަސާސީ ޝަރުތު ތަކަކީ ދިވެހި ގައުމީ ސަނަދުތަކުގެ އޮނިގަނޑގެ ލެވެލް ހަތެއްގެ ސެޓްފިކެޓެއް އޮތުމާއި ސަރުކާރުގައި، ނުވަތަ ޕަބްލިކް، ޕްރައިވެޓް ނުވަތަ ގައުމީ ނުވަތަ ބައިނަލްއަގުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގެ ހިންގުމުގެ ދާއިރާގައި މަދުވެގެން ހަ އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވުން ނުވަތަ، ލެވެލް ނުވަޔެއްގެ ސަނަދެއް ހާސިލް ކުރުމާއެކު ހިންގުމުގެ ދާއިރާ އިން ހަތަރު އަހަރުގެ ތަޖުރިބާ ލިބިފައިވުން ހިމެނެ އެވެ.

ޕާމަނަންޓް ސެކްރެޓަރީގެ މުސާރައަށް މަހަކު 20،500 ރުފިޔާ އަދި ލިވިން އެލަވަންސްގެ ގޮތުގައި މަހަކު 15،000 ރުފިޔާ ލިބޭނެ އެވެ.

މަގާމަށް ކުރިމަތި ލުމުގެ ސުންގަޑިއަކީ މި ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހުގެ މެންދުރު 2:00ގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: