ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުލުހުންގެ ބިލުގެ ބޭނުމަކީ ފުރުޞަތުގެ ބޭނުންކޮށް ފުލުހުން ނިކަމެތިކޮށް ލަދުގަންނަވާލުން

ޝެއާރކޮށްލާ ކަހަލަދޯ؟

ފުލުހުންގެ ބިލުގެ ބޭނުމަކީ ފުރުޞަތުގެ ބޭނުންކޮށް ފުލުހުން ނިކަމެތިކޮށް ލަދުގަންނަވާލުން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ޖަމީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެމްޑީޕީގެ ލީޑަޝިޕްގައި އެއްވެސް ބަޔަކަށް ރައްކާތެރިކަމެއް ނެތް ކަމަށެވެ.

“ފުލުހުންގެ ބިލުގައި ފުލުހުންނާ ޒާތީ ނަފްރަތު އޮވެ، ފުރުޞަތުގެ ބޭނުންކޮށް ފުލުހުން ނިކަމެތިކޮށް ލަދުގަންނަވާލަނީ! އިރާދަކުރެއްވިއްޔާ ފުލުހުންގެ ޙައްޤު އަޅުގަނޑުމެން ހޯދައިދޭނަން.” ޖަމީލް ވިދާޅުވިއެވެ.

ފުލުހުން ބިލުގައި ވާގޮތުން ޕޮލިސް ބޯޑް އެކުލަވާލާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ޕޮލިސް ކޮމިޝަނަރު ފިޔަވާ ސުޕްރިޓެންޓެންޑުން ފެށިގެން މަތީގެ ރޭންކުތަކުގައި ތިއްބެވި ފުލުހުންގެ އޮފިސަރުންގެ ތެރެއިން އެކި ތުހުމަތުތައް ކުރެވޭ އޮފިސަރުންގެ މައްސަލަ ބޯޑުން ބަލައި އެ ފަރާތްތައް މަގާމުގައި ބޭތިއްބުމާ މެދު އެ ބޯޑުން ގޮތެއް ނިންމަން ޖެހޭ ގޮތައް ބަދަލު ކުރެވޭނެއެވެ.

މިބިލު ޤާނޫނަކަށް ވެގެން ދިއުމާއިއެކު ފުލުހަކު ކުރާ އަމަލެއްގެ ސަބަބުން މީހަކަށް ގެއްލުމެއް ލިބިއްޖެނަމަ އެގެއްލުމުގެ ބަދަލު ފުލުހަކު ފަރުދީ ގޮތުން އަމިއްލަ އަށް ދޭން ޖެހުން ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 100%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: