ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އޭވިއޭޝަން ދާއިރާއިން ތަޢުލީމު ޙާސިލުކުރާ ދަރިވަރުންގެ ގޮންޖެހުންތަކަށް ހައްލު ހޯދައިދޭނަން: ނަހުލާ

ޝެއާރކޮށްލާ ކަހަލަދޯ؟

ވައިގެ ދަތުރުފަތުގެ ދާއިރާއިން ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގުތައް ތަނަވަސްކޮށްދެއްވުމަށް މިސަރުކާރުން އިސްކަންދެއްވާކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ބައިނަލްއަޤްވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހާއި ގުޅިގެން ދެއްވި މިނިސްޓަރ ނަހުލާ ދެއްވި ޚިޠާބުގައި މިއަހަރުގެ ބައިނަލްއަޤުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަސް ފާހަގަ ކުރަމުން މިދަނީ ގްލޯބަލް ޕެންޑެމިކެއްގެ ހިޔަނީގައި މުޅި ދުނިޔެވެސް މަޝްއޫލުވެފައިވާ ދުވަސްވަރެއްގައިކަން ފާހަގަކުރައްވާ ވިދާޅުވީ، ދަތުރުފަތުރުގެ ދާއިރާއަށްވެސް ބޮޑެތި ގޮންޖެހުންތައް ދިމާވެފައިވާ މި ދަނޑިވަޅުގައިވެސް، އޭވިއޭޝަން ދާއިރާއިންދަނީ ޤައުމީ ޚިދުމަތްތަކެއް ކުރަމުން ގޮސްފައިވާކަމަށެވެ.

އެގޮތުން ބޯޑަރުތައް ބަންދުކޮށް ދަތުރުފަތުރު ކުރުން އެންމެ ހިފެހެއްޓިގެން ދިޔަ ދުވަސްވަރު ރާއްޖެއަށް ބޭނުންވާ އަސާސީ ތަކެތި ގެނެސްފައިވަނީ ވައިގެ މަގުންކަމުން އެފަރާތްތަކަށް ޝުކުރު އަދާކުރައްވާ މިނިސްޓަރ ވިދާޅުވީ، ގިނަ ގޮންޖެހުންތަކާއެކުވެސް ރާއްޖޭގެ އޭވިއޭޝަން ސިނާޢަތުގެ ޙަރަކާތްތަކުގެ ރިކަވަރީ މަރުޙަލާ ފަށައިގަނެވިފައިވާކަމަށެވެ.

މިނިސްޓަރގެ ޚިޠާބުގައި ކުރިންވެސް ޕްލޭންކޮށްފައިވާ ގޮތަށް އެއާލައިންތަކުގެ އޮޕަރޭޝަންތައް ފުޅާ ކުރެވި، ލަސްތަކެއް ނުވެ ދިވެހި ރައްޔިތުންނަށާއި ރާއްޖެއަށް ދަތުރު ކުރާ ފަރާތްތަކަށް ބޭނުންކުރެވޭނޭ ބައިނަލްއަޤުވާމީ ދިވެހި އެއާލައިންތަކުގެ ޢަދަދު އިތުރުވެގެންދާނެކަމަށެވެ. އަދި މޯލްޑިވިއަންގެ ފަރާތުން އިންޑިއާގައި ފުރަތަމަ ފަހަރަށް ސީސީޕްލޭން އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްދީ ބައިނަލްއަޤުވާމީ ސުރުޚީތަކުން ޖާގަ ހޯދާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. ސަރުކާރުން އެއާޕޯޓުތައް ތަރައްޤީ ކުރުމުގެ މަސައްކަތްތައްވެސް މިއަހަރު ކުރިއަށް ގެންދިޔަކަމަށާއި، ރާއްޖޭގެ އުތުރާއި ދެކުނުގައި މިއަހަރު ހުޅުވުނު އެއާޕޯޓުތަކުގެ ސަބަބުން އެ އަތޮޅުތަކުގެ އިޤުތިޞާދަށް އެކަމުގެ ފައިދާ ކުރާނެކަމަށާއި، ސަރުކާރުގެ އަމާޒަކީ މީހުން ދިރިއުޅޭ ކޮންމެ ރަށަކުން 30 މިނިޓްގެ ތެރޭގައި ދެވޭނެ އެއާޕޯޓެއް ޤާއިމުކުރުންކަން މިނިސްޓަރ ނަހުލާ ތަކުރާރު ކުރެއްވިއެވެ. އަދި މި މަސައްކަތް ކައިރި މުސްތަޤުބަލެއްގައި ފުރިހަމަ ކުރެވިގެންދާނެކަމަށާއި، އަންނަ އަހަރު ވެގެންދާނީ އޭވިއޭޝަން ދާއިރާ “ރިކަވާ އެންޑް ރީ ބިލްޑް” ކުރެވޭ އަހަރަކަކަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މިގޮތުން ޕެންޑެމިކުން އަރައިގަނެ، ޙަރަކާތްތައް ފުޅާވާން ފެށުމާއެކު ވަޒީފާތަކުގެ ފުރުސަތުތައް ތަނަވަސްވެގެންދާނެކަމަށާއި، ދިވެހި ޒުވާނުންނަށް ފަހި ފުރުޞަތުތައް ހޯދައިދޭ ދެވޭނެކަމަށް އުއްމިދުކުރައްވާކަމަށްވެސް މިނިސްޓަރގެ ޚިޠާބުގައިވެއެވެ.

“ވަޞީލަތްތައް ފުރިހަމަ އަދި ސިނާޢަތުގެ ޑިމާންޑްތަކާ އެއްވަރަށް ޚިދުމަތްދެވޭ ޒަމާނާ އެއްގޮތަށް ބަދަލުވަމުންދާ ދައުލަތުގެ މުއައްސަސާއެއްގެ ގޮތުގައި ސިވިލް އޭވިއޭޝަން އޮތޯރިޓީ ހެދި ބޮޑުވެގެން ދިއުމަކީ އެކަމުގެ މުހިންމުކަން އަޅުގަނޑު އިތުރަށް ބަޔާންކުރަންޖެހޭނޭ ކަމެއް ނޫނެވެ. މި ރޮނގުން ވިސްނާއިރު އޮތޯރިޓީގެ ހިންގުން އިތުރު ހަރުފަތްތަކަކަށް ގެންދިމުގެ މަސައްކަތް އަޅުގަނޑުމެން އަބަދުވެސް ކުރަމެވެ. އެހެންކަމުން، ސަރުކާރުން އެކުލަވާލާފައިވާ “ސްޓްރެޓެޖިކް އެކްޝަން ޕްނޭން” އާ އެއްގޮތްވާ ގޮތުގެމަތީން ކުރިއަށް އޮތް 5 އަހަރުގެ ސިވިލް އޭވިއޭޝަން އޮތޯރިޓީގެ “ފްލައިޓް ޕްލޭން” މި އަހަރުވަނީ އިފްތިތާޙު ކުރެވިފައެވެ. ވަރަށް ގިނަ ފަރާތްތަކެއްގެ އެހީތެރިކަމާއި އެއްބާރުލުމާއި ބައިވެރިވުމާއެކު އެކުލަވާލެވިފައިވާ މި ޕްލޭންގެ ސަބަބުން ސިވިލް އޭވިއޭޝަން ދާއިރާއަށް އިތުރު ހަރުދަނާކަން ގެނެސްދީ އިތުރު ކުރިއެރުންތަކަށް މަގު ކޮށިގެންދާނޭ ކަމާމެދަކު އަޅުގަނޑު ޝައްކެއް ނުކުރަމެވެ.” ނަހުލާ ވިދާޅުވިއެވެ.

މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާއިން ފަންނީ މުވައްޒަފުން ބިނާކުރުމަކީ ބައިނަލްއަޤުވާމީ ފެންވަރުގައިވެސް ދިމާވެފައިވާ ވަރަށް ބޮޑު ގޮންޖެހުންކަން ފާހަގަކުރައްވާ މިނިސްޓަރ ވިދާޅުވީ އެދާއިރާއިން ތަޢުލީމު ޙާސިލުކުރާ ދަރިވަރުންނަށް ދިމާވާ ދަތިތައް ޙައްލުކޮށް ކިޔެވުން ފުރިހަމަ ކުރެވޭނޭ މަގުތައް ތަނަވަސްކުރުމަށް މި ސަރުކާރުން އަބަދުވެސް އިސްކަންދޭނެކަމަށެވެ. މިދާއިރާއިން ކިޔެވުމަށް ދިވެހި ދަރީންނަށް މަގުފަހިކޮށްދީ ވަޒީފާގެ ބާޒާރުވެސް ދިވެހި ޒުވާނުންނަށް ތިޔާގި ކުރަމުން ގެންދިއުމަކީ އަދާކުރަމުންދާނެ ވާޖިބެއްކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

“މަދަނީ ވައިގެ ދަތުރުފަރުގެ ސިނާޢަތް ތަރައްޤީކޮށް ކުރިއެރުވުމަށް ބައިނަލްއަޤުވާމީ އިދާރާތަކާއި ރާއްޖެ ބައިވެރިވާ ސަރަޙައްދީ ޙަރަކާތްތަކުން ފޯރުކޮށްދެމުން ގެންދާ އެހީތެރިކަމަށްޓަކައި އެފަރާތްތަކަށް ޝުކުރު އަދާކުރުމާއެކު މި މުނާސަބަތުގެ އުފާވެރި ތަހުނިޔާ ރައްދުކުރަމެވެ. މަދަނީ ވައިގެ ދަތުރުފަތުގެ ދާއިރާ ތަރައްޤީކޮށް ޚިދުމަތުގެ ފެންވަރު ރަނގަޅުކުރުމަށް ސިނާޢަތުގެ ބައިވެރިން ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް އަޅުގަނޑުމެން ފާހަގަ ކުރަންޖެހެއެވެ. މި ދާއިރާއިން ލިބެމުންދާ ފައިދާ އިތުރުވެގެން މި ދަނީ ސިނާޢަތުގެ ބައިވެރިންގެ ބޮޑު ޙިއްސާއަކާއެކުގައެވެ. އެހެންކަމުން އެ ފަރާތްތަކަށްވެސް ވަރަށް އިޚުލާސްތެރިކަމާއެކު ޝުކުރު އަދާކުރަމެވެ.” ނަހުލާ ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: