ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރާއްޖޭގެ މޫސުމީ ވިއުގައަށް އިތުރުކުރެވޭ 6 އޮޓޯމެޓިކް ވެދާ ސްޓޭޝަން، މެޓް އޮފީހާ ހަވާލުކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖޭގެ މޫސުމީ ވިއުގައަށް އިތުރުކުރެވޭ 6 އޮޓޯމެޓިކް ވެދާ ސްޓޭޝަން، މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހާ މިއަދު ހަވާލުކޮށްފި އެވެ.

މިއީ ގްރީން ކްލައިމެޓް ފަންޑް (ޖީ.ސީ.އެފް)ގެ ހިލޭ އެހީގެ ދަށުން މިނިސްޓްރީ އޮފް އެންވަރަޔަންމަންޓް އާއި ޔޫ.އެން.ޑީ.ޕީ ގުޅިގެން ކުރިއަށްގެންދާ ‘ސަޕޯޓިންގ ވަލްނަރަބަލް ކޮމިއުނިޓީސް އިން މޯލްޑިވްސް ޓު ކްލައިމެޓް ޗޭންޖް އިންޑިއުސްޑް ވޯޓަރ ޝޯޓޭޖަސް’ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 06 ސަރަހައްދެއްގައި ހަރުކުރާ އޮޓޮމެޓިކް ވެދަރ ސްޓޭޝަން އެވެ.

ރާއްޖޭގެ މޫސުން ކުރިއަށް ލަފާކުރުމުގައި، މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސަރވިސްގެ ވެދަރ ސްޓޭޝަނެއް ގާއިމުކުރެވިފައި ނެތް ސަރަހައްދުތަކުގެ މޫސުން ސީދާ ކަމާއިއެކު ފުރިހަމައަށް ގެނެސްދިނުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވޭ މަސައްކަތެކެވެ. މިގޮތުން މުޅި ރާއްޖެ ހިމެނޭގޮތަށް “މޫސުމީ ވިއުގަ” އެއް އެކުލަވާލެވިފައިވާއިރު، މިދެންނެވި ވިއުގަ އިތުރަށް ހަރުދަނާ ކުރުމަށް އިތުރުކުރެވިގެންދާ ވެދަރ ސްޓޭޝަން ތަކެކެވެ.

މި އޮޓޮމެޓިކް ވެދަރ ސްޓޭޝަންތަށް ސަޕްލައިކުރުމުގެ މަސައްކަތް ހަވާލުކުރެވިފައިވަނީ އިޓަލީގެ ކުންފުންޏެއް ކަމަށްވާ ސީ.އޭ.އީ. އެސް.ޕީ.އޭ އަށް 119,200 ޔޫރޯ (އެއްލައްކަ ނަވާރަހާސް ދުއިސައްތަ ޔޫރޯ) އަށެވެ. އަދި މި އެންޓެނާތައް ހަރުކުރުމުގެ މަސައްކަތް ހަވާލު ކުރެވިފައިވަނީ މެކްސްޓަރ މޯލްޑިވްސް އަށް 737،760.00 ރުފިޔާ (ހަތްލައްކަ ތިރީސް ހަތްހާސް ހަތްސަތޭކަ ފަސްދޮޅަސް ރުފިޔާ) އަށެވެ. މި މަސައްކަތުގެ ގެ ޖުމްލަ އަގަކީ 2,973,952.00 ރުފިޔާ (ދެ މިލިއަން ނުވަލައްކަ ހަތްދިހަތިންހާސް ނުވަސަތޭކަ ފަންސާސް ދެ ރުފިޔާ) އެވެ.

މި ވެދަރ ސްޓޭޝަންތައް ގާއިމުކުރުމުގެ މައިގަނޑު މަޤްސަދަކީ މޫސުމަށް އަންނަ ބަދަލުތައް ދެނެގަނެ ވާރޭ ނުވެހުމުގެ ސަބަބުން ކުރިމަތިވާ ފެނުގެ ދަތިކަމަށް ހައްލު ހޯދުމުގެ ގޮތުން މޫސުން ލަފާކުރުމެވެ. މިގޮތުން، މެދު ކެނޑުމެއްނެތި މޫސުން ލަފާކުރުމާއި، ރާއްޖޭގައި ގާއިމުކުރެވިފައިހުރި އެއް ސްޓޭޝަނާއި އަނެއް ސްޓޭޝަނާއި ދޭތެރޭގައި ހުރި ދުރުމިނުގެ ސަބަބުން ކުރިމަތިވާ ޑާޓާ ގެޕް ކުޑަ ކުރެވިގެންދާނެއެވެ. މި ސްޓޭޝަންތައް ހަރުކުރުމުގައި ބަލާފައިވަނީ މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް ގެ (އެމް.އެމް.އެސް) ނެޓްވޯކް އިތުރަށް ހަރުދަނާ ކުރުމަށް، އެފަރާތުން ބޭނުންވާ އެންމެ އެކަށޭނެ ރައްތަކުގައެވެ. އެގޮތުން، މި މަސައްކަތުގެ ދަށުން މި ވެދަރ ސްޓޭޝަންތައް ހަރުކުރުމަށް ހަމަޖެހިފައިވަނީ ރ. އަލިފުށި، ރ. ދުވާފަރު، ފ. ބިލެއްދޫ، ށ. ކޮމަންޑޫ، އދ، މަހިބަދޫ އަދި ސ. ހުޅުމީދޫ ގައެވެ.

މި މަސައްކަތުގެ އިތުރުން ޖީ.ސީ.އެފް މަޝްރޫޢުގެ ދަށުން މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސާރވިސް އާއި ގުޅިގެން މޫސުން އެޕްލިކޭޝަން އިތުރަށް ތަރައްޤީ ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ. މި އެޕްލިކޭޝަން ފުރިހަމަވުމުން އެންޓެނާތަކުން ލިބޭ މޫސުމީ މައުލޫމާތު ހަރުދަނާ ކުރެވި، ސީދާ ކަމާއި އެކު އެސްއެމްއެސް އެއްގެ ޒަރިއްޔާއިން އެ ހިދުމަތް ބޭނުން ކުރާ ފަރާތްތަކަށް ފޯރުކޮށްދެވިގެންދާނެއެވެ. އިސްވެދެންނެވި މަސައްކަތްތައް ފުރިހަމަވުމުން، ރާއްޖޭގެ މޫސުމާއި އަދި ވާރޭވެހޭނެ މިންވަރު ހަރުދަނާ ގޮތެއްގައި އަންދާޒާކޮށް ބޯފެން ނަގައި ރައްކާކުރުން އިތުރަށް ފަސޭހަވެގެން ދާނެއެވެ. އަދި މީގެ އިތުރުން މި މަޝްރޫޢުއަކީ 9 މެއި 2017 އިން ފެށިގެން ފަސް އަހަރު ދުވަހުގެ މުއްދަތައް ފެނުގެ ޚިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތަކެއް ހިމެނޭގޮތައް ކުރިއަށްދާ މަޝްރޫއެކެވެ.

މި މަޝްރޫޢުގެ ދަށުން ކުރިއަށްގެންދާ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި ދިވެހިރާއްޖޭގެ 29 ރަށެއްގެ ޖުމްލަ 19,871 ގެ އާބާދީއަކަށް ސާފު އަދި ރައްކާތެރި ބޯފެން ފޯރު ކޮށްދިނުމުގެ އިތުރުން މުޅި ރާއްޖެ އަށް އަމާޒުކޮށްގެން ފެނާ ނަރުދަމާގެ ޚިދުމަތުގެ ދާއިރާ ހަރުދަނާ ކުރުމަށް ގިނަ މަސައްކަތްތައް ދަނީ ކުރަމުންނެވެ.

މިގޮތުން، ފެނުގެ ފަށަލަ ދިރާސާކޮށް މޮނިޓަރ ކުރުމާއި، ހޫނުމޫސުމަށް ފެނަށް ޖެހޭ ރަށްރަށަށް ފެންފޯރު ކޮށްދޭނެ ޕްލޭން އެކުލަވާލުމާއި، ސެކްޓަރއަށް ބޭނުންވާ މީހުން ބިނާ ކުރުމާއި ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ހިންގުމާއި، ފެނާއި ނަރުދާމާގެ ޓެރިފް އަދި ފައިނޭންޝަލް މޮޑެލްއެއް އެކުލާވާލުން ފަދަ މަސައްކަތްތައް ހިމެނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: