ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕޮލިސް ބޯޑަކީ ފުލުހުންގެ އިދާރާ ރިފޯމް ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް: ސީޕީ

ކޮމިޝަނަރ އޮފް މުހައްމަދު ހަމީދު: ސަންގު ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕޮލިސް ބޯޑެއް އުފެދިގެން ދިޔުމަކީ ފުލުހުންގެ އިދާރާ ރިފޯމް ކުރުމަށް އެޅުނު މުހިއްމު ފިޔަވަޅެއް ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުން ރޭ ފާސްކުރި ފުލުހުންގެ ބިލުގައި ވަނީ ހަތް މެމްބަރުންގެ މައްޗަށް އެކުލެވޭ ޕޮލިސް ބޯޑު، ގާނޫނަށް އަމަލުކުރަން ފަށާތާ 14 ދުވަހުގެ ތެރޭގައި އެކުލަވާލަން ޖެހޭނެ ކަމަށް ބުނެފައެވެ.

މިކަމާ ގުޅިގެން ސީޕީ ހަމީދު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ރިފޯމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން މިހާތަނަށް އެޅުނު އެންމެ މުހިއްމު ފިޔަވަޅަކީ ޕޮލިސް ބޯޑެއް އުފެދުން ކަމަށާއި މިފަދަ ބޯޑެއް އުފެއްދުމަށް ފުލުހުންގެ އެގްޒެކެޓިވް މެނޭޖްމެންޓުން މިދިޔަ އަހަރުން ފެށިގެން ވެސް ވަރަށް ބޮޑަށް ބާރު އެޅި ކަމަށެވެ.

ޕޮލިސް ބޯޑާއެކު ފުލުހުންގެ ކަންކަން ގާތުން ބަލައި ފާރަވެރިވެ، ކަނޑައަޅާފައިވާ އަމާޒުތަކަށް ވާސިލުވޭތޯ ވެސް ބަލާނެ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ. އަދި މަޖިލީހުން ރޭ ފާސްކުރި ފުލުހުންގެ ބިލަށް މަރުހަބާ ކިޔާ ކަމަށްވެސް ސީޕީ ހަމީދު ވިދާޅުވިއެވެ.

ރޭ ފާސްކުރި ފުލުހުންގެ ބިލުގައިވާ ގޮތުން ޕޮލިސް ބޯޑް އެކުލެވިގެންވަނީ 7 މެމްބަރުންގެ މައްޗަށެވެ. އެއީ ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރާ 2 މެމްބަރުންނާއި ފަންނީ ދާއިރާއަކުން ތައުލީމާއި ތަޖުރިބާ ލިބިފައިވާ 3 މީހުންގެ އިތުރުން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ 2 މީހުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: