ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

15 ބިލެއްގެ މަސައްކަތް ނިންމައި މަޖިލިސް ޗުއްޓީ އަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ މަސައްކަތްތައް ނިންމައި މެންބަރުން ޗުއްޓީއަށް ވަޑައިގެންފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފަހު ދައުރުގެ އެންމެފަހު ޖަލްސާ ނިންމަވާލައްވަމުން މަޖިލީހުގެ ނާއިބު ރައީސް އީވާ ޢަބްދުﷲ ވިދާޅުވީ، މަޖިލީހުގެ މިދައުރުގައި ރައްޔިތުންނާއި ގުޅުންހުރި މުހިންމު ބިލްތަކެއްގެ މަސައްކަތް ނިންމާފައިވާކަމަށެވެ. މިމަސައްކަތް މަޖިލީހުގައި މިހާ ކާމިޔާބު ކަމައިކު ކުރެވިފައިވަނީ މަޖިލީޖުގެ މެމްބަރުންނާއި، މަޖިލީހުގެ އިދަރީ މުވައްޒިފުންގެ އެއްބާރުލުމާއި އެކުގައި ކަމަށް އީވާ ވިދާޅުވިއެވެ.

އެގޮތުން މި ދައުރުގައި ޖަލްސާތަކުގައި ޖުމްލަ 89 ގަޑިއިރު މެމްބަރުން ހޭދަކުރިއިރު، ކޮމިޓީ ވަގުތުގައި މެމްބަރުން 330 ގަޑިއިރު ހޭދަކޮށްފައިވާ ކަމަށް އީވާ ވިދާޅުވިއެވެ. މި ދައުރުގައި 15 ބިލެއް ފާސްކޮށްފައިވާ ކަމަށާއި އަދި ރިޔާސަތުން ހުށަހެޅި 8 މައްސަލައެއް، ސަރުކާރުން ހުށަހެޅި 8 މައްސަލައެއް މަޖިލީހުން ނިންމާފައިވާ ކަމަށްވެސް އީވާ ވިދާޅުވިއެވެ.

މިދައުރުގެ ތެރޭގައި ފާސްކޮށްފައިވާ މުހިންމު ބިލްތަކަށް ބަލައި ލަމުން އީވާ ވިދާޅުވީ، ތައުލީމީ ބިލާއި، ފުލުހުންގެ ޚިދުމުގެ ބިލާއި، ކުޑަކުދިންގެ ޤާނޫނުގެ އިތުރުން، އިންތިޤާލީ އިންސާފުގެ ބިލު މަޖިލީހުން ފާސްކޮށްފައިވާކަމަށެވެ. އަދި މިދައުރުގައި ކޮމިޓީތަކުން ކޮރަޕްޝަނާއި ދެކޮޅަށް ގިނަ މައްސަލަތަކެއްބެލި އެކަންކަމަށް އިންސާފު ހޯދިފައިވާކަމަށް އީވާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ދެން ފަށާނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: