ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޑްރަގް އޮޕަރޭޝަންގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވޭ: ފުލުހުން

ޝެއާރކޮށްލާ ކަހަލަދޯ؟

މާލޭގައި ފުލުހުން މިއަދު ހިންގަމުންދާ ޑްރަގުގެ ބޮޑު އޮޕަރޭޝަނުގައި 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.

ކާރުގެ ޑިކީއަކުން ފެނުނު މަސްތުވާތަކެތީގެ މައްސަލައިގައި ފުލުހުން ވަނީ، ފަރީދީ މަގު ހިމެނޭ ބޮޑު ސަރަހައްދެއް ބަންދުކޮށްފައެވެ. އަދި އެ ސަރަހައްދު ބަލާ ފާސްކުރުމުގެ މަސައްކަތް ކުރަމުންދާއިރު، ބަންދުކޮށް ޓޭޕް ދަމާފައިވާ ތަނުގައި ބަޔަކު ތިއްބެވެ. ފުލުހުން އެ ސަރަހައްދު ބަލާ ފާސްކޮށް މަސްތުވާތަކެތި އަތުލައިގަތީ އެ މީހުންގެ ހާޒިރުގައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި އޮޕަރޭޝަނުގައި ގާތްގަނޑަކަށް 71 ކިލޯގެ މަސްތުވާތަކެތި އަތުލައިގެންފައިވާ ކަމަށެވެ. އެގޮތުން މަސްތުވާތަކެތި ހުރީ ދެ ގޯންޏެއްގެ އިތުރުން ދެ ލަގެޖެއްގައި ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި އޮޕަރޭޝަނުގައި ޖުމްލަ 10 މީހަކު ވަނީ ހައްޔަރުކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: