ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާ ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް މިމަހު ފައިނަލް ކުރަނީ

ހުޅުމާލެ ފޭސް ދޭއްގައި އަޅާފައިވާ ހިޔާ މަޝްރޫއުގެ ފްލެޓުތައް
ޝެއާރކޮށްލާ ކަހަލަދޯ؟

ހިޔާ ފްލެޓްތައް ލިބުނު މީހުންގެ ފައިނަލް ލިސްޓް މިމަހުގެ ނިޔަަލަށް ޢާންމުކުރާނެކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީން ބުނެފިއެވެ.

ފްލެޓް ކޮމެޓީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލްވުމެއްގައި ފްލެޓް ކޮމިޓީގެ ރައީސް ތޯހާ މުހައްމަދު ވިދާޅުވީ، ހިޔާ 7000 ފްލެޓް ލިބޭ ކެޓަގަރީތަކުގެ ތެރެއިން 6 ކެޓަގަރީއެއްގެ ވަގުތީ ލިސްޓް މިހާތަނަށް ޢާންމުކޮށްފައިވާކަމަށާއި، ޢާންމު ނުކުރާ ހަމައެކަނި ލިސްޓަކީ ސިވިލް ސާރވިސް ކެޓަގަރީކަމަށެވެ. އެ ލިސްޓްވެސް އަންނަ ހަފްތާގައި އާންމުކުރާނެކަމަށާއި، ވަގުތީ ލިސްޓަށް ހުށައެޅި ޝަކުވާތަކަށް ބެލުމަށްފަހު ފައިނަލް ލިސްޓް މިމަހުގެ ނިޔަލަށް ޢާންމުކުރެވޭނެކަމަށްވެސް ޠާހާ ވިދާޅުވިއެވެ.

“އުއްމީދު ކުރަނީ މި ހުރިހާ ޝަކުވާ ތަކަކާ ގުޅިގެން ވަގުތީ ލިސްޓާ ގުޅިގެން ޝަކުވާތަކަށް ޖަވާބުދީ، ޑިސެމްބަރު މަހުގެ ނިޔަލަށް ދާއިމީ ލިސްޓު ފައިނަލް ކުރެވޭތޯ މި މަސައްކަތް ކުރަނީ،” ތޯހާ ވިދާޅުވިއެވެ.

ތޯހާ ވިދާޅުވީ ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީގެ ވަގުތީ ލިސްޓު އަންނަ ހަފްތާގެ ތެރޭ އާންމު ކުރެވޭތޯ މަސައްކަތް ކުރަމުންދާ ކަމަށެވެ.

ހިޔާ މަޝްރޫއުގެ ދަށުން ފްލެޓަށް އެދި ފޯމު ހުށަހަޅާފައިވާ މީހުންގެ ތެރެއިން ޝަރުތު ފުރިހަމަވާ މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމަށް އެކުލަވާލާލި މިންގަނޑުވެސް އެ ކޮމެޓީން ވަނީ އާންމުކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: