ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މަޖިލީހުގެ ތެރެއިން މަސައްކަތް ކުރާނަން: ޖާބިރު

ޝެއާރކޮށްލާ ކަހަލަދޯ؟

 

މަސްވެރިންގެ ހައްގުތައް ހޯދައިދިނުމަށް މަޖިލީހުގެ ތެރެއިން ކުރެވެން އޮތް މަސައްކަތެއް ކުރާނެ ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

މިއަދު ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި “ސަންގަށް” ދެއްވި ޖާބިރު ދެއްވި އިންޓަވިއުގައި ވަނީ މަސްވެރިކަމުގެ ދުވަހާ ގުޅިގެން ރައީސް އިބްރާޙިމް މުހައްމަދު ސޯލިހު ދެއްވި ހިތާބަށް ތައުރީފް ކުރައްވާފައެވެ. އެގޮތުން ކޮވިޑް-19އާ ގުޅިގެން މަސްވެރިކަމަށް ދޭން ޖެހޭ އަހައްމިއްޔަތުކަން ރައީސް ސޯލިހުއަށް ވިސްނުންކަމީ އިންތިހާއަށް އުފާކުރާ ކަމެއް ކަމަށް ޖާބިރު ވިދާޅުވިއެވެ.

“ހަމަމިއާއެކު 3500 ޓަނުގެ ކޯލްޑް ސްޓޯރޭޖް ކެޕޭސިޓީ8000 ޓަނަށް ހައްދަވަން ވިދާޅުވި ކަމަކީ ކުރެވޭނެ ކަމެއް. އަޅުގަނޑަށް ޔަގީން50،000 ޓަނަށް ވެސް ކުރެވޭނެކަން. މަސްވެރިކަން ޕްރަވަޓައިޒް ކުރަންވީ. ޕްރަވަޓައިޒްކޮށް ސަރުކާރުން ލައިބިލިޓީއަކަށް މަސްގަނެ ވިއްކުން އެއީ އޮވެގެންވާނެ ކަމެއް ނޫން.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ މަސްވެރިންނަށް ހާއްސަ ގޮތްގޮތް ހޯދައިދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ތެރެއިން ކުރަމުން އަންނަ މަސައްކަތް ބާރަށް ކުރިއަށް ގެންދަވާނެ ކަމަށާއި ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަށް ޒަމާނީ އަދި ދުނިޔަވީ ފެންވަރަކަށް ގެންދިއުމަށް މަސައްކަތް ކުރައްވާނެ ކަމަށެވެ.

“މިޔަރު ނެގުމާ މިފަދަ ކަންކަމަށް ސަރުކާރުން ހުއްދަ ދިނުމަކީ ވަރަށް މުހިންމު ކަމެއް. އަދި މަސްވެރިންނަށް ބޭރުގެ ފަރާތްތަކާ ވެސް ގުޅުގެން ޖޮއިންޓް މަސް ގަނެ ވިއްކުމުގެ ފެސިލިޓީތައް ގާއިމްވެފަ ހުރުމަކީ މުހިންމު ކަމެއް. ހަމައެއާއެކު ޕްރައިވެޓް ސެކްޓާއަށް މަސްވެރިކަން، މެރިކަލްޗާ ހުޅުވާލުން އެއީ މުހިންމު ކަމެއް.” ޖާބިރު ވިދާޅުވިއެވެ.

މަސްވެރިން ދައްކަމުން އަންނަ ހިތްވަރަށް ތައުރީފު ކުރައްވައި ޖާބިރު ވަނީ މަސްވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެންސިސްއަށްް ހާއްސަ ޝުކުރު ދަންނަވާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: