ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ކުވޭތުގެ ބޮޑުވަޒީރަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފި

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ކުވޭތުގެ ބޮޑުވަޒީރުކަމަށް އަލުން އިންތިޚާބުވެ ވަޑައިގެންނެވި ހިޒް ހައިނަސް ޝައިޚް ޞަބާޙް ޚާލިދު އަލް-ޙަމަދް އަލް-ޞަބާޙަށް ތަހުނިޔާ ވިދާޅުވެ މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސް ފޮނުއްވި ތަހުނިޔާގެ މެސެޖުގައި، ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި ކުވޭތުގެ ރައްޔިތުންނަށް ކުރިއެރުމާއި ފާގަތިކަމަށް އެދިވަޑައިގެންނެވިއެވެ.

އަދި، ކުވޭތާއި ރާއްޖެއާ ދެމެދު އޮންނަ ގާތްގުޅުން ޝައިޚް ޞަބާޙްގެ ޒަޢާމަތުގައި އިތުރަށް ބަދަހިވެ ކުރިއަރައިދިއުމަށް އެދިވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ރައީސްގެ މެސެޖު ނިންމަވާލައްވާފައި ވަނީ ކުވޭތުން ރާއްޖެއަށް ވެދޭ އެހީތެރިކަމާއެކު ރާއްޖޭގެ އިޖްތިމާޢީ، އިޤްތިސާދީ ދާއިރާއަށް އަދި ޢާންމު ރައްޔިތުންގެ ދިރިއުޅުމަށް އަންނަމުންދާ ހެޔޮ ބަދަލުތައް ފާހަގަކުރައްވައި، އެކަމަަށްޓަކައި ކުވޭތު ސަރުކާރަށް ޝުކުރު އަދާކުރައްވަމުންނެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 100%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: