ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސްގެ ފޯން ކޯލުން މަސްވެރިކަމަށް ކުރާ އުއްމީދު އާ ވެއްޖެ: ޒުވާން މަސްވެރިޔާ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުޙައްމަދު ސޯލިހް ގުޅުއްވައި ދެއްވި ހިތްވަރުން މަސްވެރިކަން ކުރި އަރުވަން ކުރާ މަސައްކަތުގައި އުއްމީދުތައް އާ ވެއްޖެކަމަށް ޒުވާން މަސްވެރިޔާ ހަސަން ސާޖިން ބުނެފިއެވެ.

ގއ. ގެމަނަފުއްޓަށް އުފަން އުމުރުން 22 އަހަރުގެ ސާޖިން އަކީ މަސްވެރިކަން ކުރިއަރުވާ ޕްރޮމޯޓްކޮށް ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް ދެއްކުމުގައި އިސްދައުރެއް އަދާކުރާ ޒުވާނެކެވެ.

އިއްޔެ ފާހަގަކުރި މަސްވެރިންގެ ދުވަހާ ގުޅިގެން ސާޖިން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ މަސްވެރިކަން ޕްރޮމޯޓްކުރަން ކެމެރާ ނަގައިގެން އުޅޭތާ މިހާރު 6 އަހަރުވެއްޖެކަމަށެވެ. އަދި މަސްވެރިންގެ ދުވަހު އޭނާގެ އެންމެ ބޮޑު އެދުމަކީ ރައީސަށް ގުޅާ ހިތުގެ ޝޫއޫރު ފާޅުކޮށްލުންކަމަށެވެ.

އެއަށްފަހު ރޭގެ ވަގުތެއްގައި ސާޖިން ބުނެފައިވަނީ އެނާއަށް ރައީސް ސޯލިހު ގުޅުއްވާ ވަރަށް ގިނައިރު ވަންދެން ވާހަކަފުޅު ދެއްކެވިކަމަށެވެ.

“އަލްހަމްދުލިއްﷲ. ރައީސް އަޅުގަނޑަށް ގުޅާފަ ވަރަށް ގިނަ އިރު ވަންދެން ވާހަކަ ދައްކަވައިފި. ފާހަގަ ކޮށްލަން ވަރަށް އުފާވެއްޖެ އަދި އުންމީދު އާވެއްޖެ” ސާޖިން ބުންޏެވެ.

މަސްވެރިކަން ކުރިއަރުވާ ޕްރޮމޯޓްކޮށް ރާއްޖޭގެ މަސްވެރިކަން ދުނިޔެއަށް ދެއްކުމުގައި އިސްދައުރެއް އަދާކުރާ ސާޖިން ބުނާ ގޮތުގައި މަސްވެރިކަމަކީ ހަޑި މަސައްކަތެއް ނޫނެވެ. ސާޖިން ދަނީ ކޮންމެ ދުވަހަކު ސޯސަލް މީޑިއާ މެދުވެރިކޮށް އެކަން ސާބިތުކޮށްދެމުންނެވެ. އަދި އޭނާ ގެންގުޅޭ ފަހުގެ ޓެކްނޮލޮޖީގެ ވަސީލަތްތައް ބޭނުން ކޮށްގެން އަންނަނީ ރާއްޖޭގެ މަސްވެރިކަން ރާއްޖޭއާއި މުޅި ދުނިޔެއަށް އިސްތިހާރުކުރަމުންނެވެ.

ވަރަށް ގަދަ
22%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 11%ބޮޑު ޖޯކެއް 56%ހައިރާންވެއްޖެ 0%ވަރަށް ދެރަ 11%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: