ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެމެރިކާއިން ރާއްޖެއަށް އައިސީޔޫގައި ބޭނުންކުރާ ސާމާނު ހަދިޔާކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ގުޅިގެން އެމެރިކާއިން ރާއްޖެއަށް އެހީވުމުގެ ގޮތުން އިންޓެންސިވް ކެއަރ ޔުނިޓްގައި ބޭނުންކުރާނެ ސާމާނު ހަދިޔާކޮށްފިއެވެ.

އެ ސާމާނުތައް ހަވާލު ކޮށްދެއްވާފައިވަނީ އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އެލެއިނާ ބީ ޓެޕްލިސް އެވެ.

އެމެރިކާއިން ހަދިޔާކުރި މިތަކެއްޗަކީ އެމެރިކާގެ ޑިޕާޓްމަންޓް އޮފް ޑިފެންސްގެ ފަރާތުން މިނިސްޓްރީ އޮފް ހެލްތު އާއި މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ އިންޓެންސިވް ކެއަރ ޔުނިޓްގައި ބޭނުންކުރުމަށް ހަދިޔާ ކުރި ތަކެއްޗެވެ.

އައިސީޔޫގައި ބޭނުންކުރަން ހަދިޔާކުރި ސާމާނުގެ ތެރޭގައި 40 އޮކްސިޖަން ކޮންސަންޓްރޭޓާޒް ހިމެނޭގޮތަށް 165000 އެމެރިކާ ޑޮލަރުގެ ސާމާނު ހިމެނެއެވެ.

އެމެރިކާއިން ކުރިން ހަދިޔާކޮށްފައިވާ ވެންޓިލޭޓަރުތަކާއެކު ބޭނުންކުރެވޭ ޕޯޓަބަލް އޮކްސިޖަން ނިޒާމުގެ ސަބަބުން ސިއްޙީ އެހީތެރިންގެ މަސައްކަތްވެސް އިތުރަށް ލުއިވެގެންދާނެ ކަމަށް އެމްބަސީން ބުނެއެވެ.

އެމްބަސީމް ބުނީ މިއެހީގެ ސަބަބުން ކޮވިޑް-19ގެ އިތުރުން ފުއްޕާމޭގެ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކަށް އެހީވުމަށް ލުއި ލިބިގެންދާނެކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: