ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ބޯޑަރު ހުޅުވާލިފަހުން އެއްލައްކަ ވަނަ ފަތުރުވެރިޔާ މާދަމާ ރާއްޖެ އަންނަނީ

ޝެއާރކޮށްލާ ކަހަލަދޯ؟

ބޯޑަރު ހުޅުވާލިފަހުން ރާއްޖެ ޒިޔާރަތްކުރާ އެއްލައްކަ ވަނަ ފަތުވެރިޔާ މާދަމާ ރާއްޖެ އަންނާނެކަމަށް ޓޫރިޒަމް މިނިސްޓަރ އަބްދުﷲ މައުސޫމް ވިދާޅުވެއްޖެއެވެ.

ބޯޑަރު އަލުން ހުޅުވާލާފައި ވަނީ ޖުލައި މަހުގެ 15 ވަނަ ދުވަހުއެވެ. އެ ދުވަހުން ފެށިގެން ޑިސެމްބަރުގެ 9 ވަނަ ދުވަހާ ހަމައަށް 94،543 ފަތުރުވެރިން ވަނީ ރާއްޖެއަށް ޒިޔާރަތްކޮށްފައެވެ.

މިނިސްޓަރު މައުސޫމް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މާދަމާއަކީ ރާއްޖޭގެ ފަތުރުވެރިކަމުގައި ތާރީހީ ދުވަހަކަށް ވާނެ ކަމަށެވެ.

“ބޯޑަރު އަލުން ހުޅުވިފަހުން އަންނަ އެއްލައްކަވަނަ ފަތުރުވެރިޔާއަށް މާދަމާ ހެނދުނު އަޅުގަނޑުމެން މަރުހަބާ ކިޔާނަން،” މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް މިހެން ވިދާޅުވިއިރު، މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން އެއް ލައްކަ ވަނަ ފަތުރުވެރިޔާ ރާއްޖެ އަންނާނެކަމަށް ސަރުކާރުން ވަނީ ކުރިން ލަފާކޮށްފައެވެ. އަދި ޑިސެމްބަރ މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު 5 ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާކަމަށްވެސް ސަރުކާރުން ބުނެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: