ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މި އަހަރު ނިމުމުގެ ކުރިން ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހެނީ 1.7 މިލިއަން ޑޮލަރު: ސަފީރު

ރައީސް ނަޝީދާއި ޗައިނާގެ ސަފީރު
ޝެއާރކޮށްލާ ކަހަލަދޯ؟

ރާއްޖެއިން މި އަހަރު ނިމުމުގެ ކުރިން ޗައިނާއަށް ދައްކަން ޖެހެނީ 1.7 މިލިއަން ޑޮލަރުކަމަށް ޗައިނާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެއެވެ.

ކުރިޔަށް އޮތް 14 ދުވަހުގެ ތެރޭގައި ރާއްޖެއިން، ޗައިނާއަށް 15 މިލިއަން ޑޮލަރު ދައްކަންޖެހޭކަމަށް ވިދާޅުވެ އެންމެ ފުރަތަމަ ޓްވީޓު ކުރައްވާފައިވަނީ ރައީސް ނަޝީދެވެ. ޗައިނާގެ ދަރަނީގެ ސަބަބުން ރާއްޖެއަށް ހަމަ ނޭވާ ލާނެ ފުރުސަތެއް ވެސް ނުލިބޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ވަނީ ނުރުހުންފާޅު ކުރައްވާފައެވެ. އަދި ވިދާޅުވީ ދެ ހަފްތާގެ ތެރޭގައި ދައްކަން ޖެހޭ ފައިސާ އަކީ، އެއީ އެ މުއްދަތުގެ ތެރޭގައި ދިވެހި ދައުލަތަށް ލިބޭ އާމްދަނީގެ 50 އިންސައްތަ ކަމަށެވެ.

ރައީސް ނަޝީދުގެ ޓްވީޓާއި އެކު، އެކަމަށް ރައްދު ދެއްވާ ޗައިނާ ސަފީރު ވިދާޅުވީ އެ ވިދާޅުވާ 15 މިލިއަން ޑޮލަރު ވަކި މުއްދަތެއްގެ ތެރޭގައި ދައްކަންޖެހޭ ކަމުގެ އެއްވެސް ހެއްކެއް ބޭންކުތައް މެދުވެރިކޮށް އެނގެން ނެތް ކަމަށެވެ. އެހެން ކަމުން ރައީސް ނަޝިދު އެ ދައްކަވަނީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށާއި، އެންމެ ރަނގަޅު ގޮތަކީ ބަޖެޓަށް ފައިސާ ރައްކާ ކުރުން ކަމުގައި ސަފީރު ވިދާޅުވިއެވެ.

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ގާތް ގުޅުމެއް އޮތް ޗައިނާއިން ބޮޑެތި މަޝްރޫއުތަކަށް ރާއްޖެއިން ލޯނުތައް ނަގާފައިވެއެވެ. އަދި ރައީސް ނަޝިދު ސިފަކުރާ ގޮތުން އެއީ “ދަރަނީގެ ދަންތުރަ” އެކެވެ.

ލޯނުތަކާއި ގުޅުވާ ރައީސް ނަޝީދު މީގެ ކުރިން ވެސް ތަފާތު އެކި ވާހަކަތައް ދައްކަވާފައި ވެއެވެ. އަދި އެ ވާހަކަތަކާއި ގުޅިގެން ސަފީރާއި ރައީސް ނަޝީދައި ދެމެދު ޓްވީޓުތައް މެދުވެރިކޮށް ބަހުގެ ހަމަލާތައް ވެސް ރައްދުވެއެވެ.

އިއްޔެ ޓްވީޓަށްފަހު އަނެއްކާވެސް އިތުރު ޓްވީޓެއް ކުރައްވާ ސަފީރު ވިދާޅުވީ ރާއްޖެއިން މި އަހަރު ނިމުމުގެ ކުރިން ޗައިނާއަށް ދައްކަން ޖެހެނީ 1.7 މިލިއަން ޑޮލަރު ކަމަށެވެ. އަދި އޭގެ ތަފްސީލުތައް ހިއްސާކޮށް ސަފީރު ވިދާޅުވީ “ހުޅުމާލެ ފޭސް ދޭއް” ގައި ގާއިމްކޮށްފައިވާ 1530 ހައުސިން ޔުނިޓަށް 2.3 މިލިއަން ޑޮލަރު ދައްކަން ޖެހޭ ކަމަށެވެ. މިއީ ތިންވަނަ ގައުމެއްގެ ބޭންކަށް ދައްކަން ޖެހޭ ލީނެއް ކަމަށާއި، އަދި އެއީ ސީބީޑީ ލޯނެއް ނޫން ކަމަށް ވެސް ސަފީރު ވިދާޅުވިއެވެ.

މީގެ އިތުރުން ސްޓެލްކޯ ޕްރޮޖެކްޓުގެ ފައިސާ އަނބުރާ ދައްކަން ޖެހެނީ އަންނަ ޖެނުއަރީ މަހުގެ މެދެއް ހާ ހިސާބުގައި ކަމަށް ކަމަށް ސަފީރު ވަނީ ވިދާޅުވެފައެވެ.

ޓްވީޓުގައި ސަފީރު ހިއްސާކުރައްވާފައިވާ ޓޭބަލްއަކީ، އޭނާ އިއްޔެ ކުރެއްވި ޓްވީޓަށް މާފަންދު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ކުރެއްވި ރިޕްލައިއެކެވެ. އޭގެ ތެރޭގައި އެކްސެލް ޝީޓެއްގެ ދެ ސްކްރީން ޝޮޓު ހިމެނެއެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 25%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: