ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އައްޑޫ ހުޅުދޫގައި ހަދާ ޑްރަގް ރިހެބިލިޓޭޝަން ސެންޓަރުގެ ބިންގާ އަޅައިފި

ހުޅުދޫ ޑްރަގް ޑީޓޮކްސިފިކޭޝަން ސެންޓަރު ގާއިމް ކުރުމަށް ބިންގާ އެޅުން/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ފަރުވާއަށް އައްޑޫ ސިޓީގައި ހަދާ ޑްރަގް ޑިޓޮކްސިފިކޭޝަން އެންޑް ކޮމިއުނިޓީ ރިހިބިލިޓޭޝަންގެ ބިންގާ އަޅައިފިއެވެ.

ރާއްޖޭގައި މަސްތުވާތަކެތި ބޭނުންކުރާ މީހުންގެ ތެރެއިން، މުޖްތަމައަށް ރަނގަޅު ގޮތުގައި ނިކުންނަން ބޭނުންވާ މީހުންނަށް މި ސަރުކާރުން އެ ފުރުސަތު ދޭނެ ކަަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވިދާޅުވެފައެވެ. އަދި ކުށް ކުރާ މީހުންނަށް އަދަބު ދިނުމުގެ ބަދަލުގައި ރަނގަޅު ފަރުވާގެ ނިޒާމެއް ގާއިމް ކުރުމަކީ ރައީސް ސޯލިހުގެ ރިޔާސީ ވައުދެކެވެ.

އައްޑޫ ސިޓީ ހުޅުދޫގެ ޑިޓޮކްސް ސެންޓަރު ހުޅުވައިދެއްވާފައިވަނީ ނައިބް ރައީސް ފައިސަލް ނަސީމެވެ. އަދި އެ ރަސްމިއްޔާތުގައި ޖެންޑާރ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

15 މިލިއަން ރުފިޔާގެ މި މަޝްރޫއަށް އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން 7.9 މިލިއަން ރުފިޔާ ހަރަދު ކުރާނެއެވެ. އަދި 7.1 މިލިއަން ރުފިޔާ ހަރަދު ކުރުމަށް ހަމަޖެހިފައި ވަނީ ދިވެހި ސަރުކަރުގެ ބަޖެޓުންނެވެ. ސެންޓަރުގެ މަސައްކަތް ހަ މަސް ދުވަހުގެ ތެރޭގައި ނިންމާ ފަރުވާ ފަށަން ޖެހެއެވެ.

އައްޑޫގެ މި ރިލިބިހިޓޭޝަން ސެންޓަރަކީ ބައިނަލްއަގްވާމީ ފެންވަރުގެ މަރުކަޒެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ. މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ މިފަދަ ސެންޓަރުތަކަށް ސޯޝްލް ވޯކަރުންނާއި، ކައުންސިލަރުން ބޭނުންވާއިރު އެ މީހުން ތަމްރީނު ކުރުމުގައި އިންޑިއާއިން އެހީވާނެ ކަމަށް ސަރުކާރުން މައުލޫމާތު ދެއެވެ.

ޑިޓޮކްސިފިކޭޝަން ސެންޓަރުގެ ބިންގާ އަޅުއްވައިދެއްވައި، ވާހަކަފުޅުދައްކަވަމުން ފައިސަލް ވިދާޅުވީ ރާއްޖޭގައި މަސްތުވާތަކެތީގެ މައްސަލައަށް އަވަސް ހައްލެއް ބޭނުންވާ ކަމަށެވެ. އަދި މި ސަރުކާރުގެ އަމާޒަކީ އެފަދަ ޒުވާނުން މަސްތުވާތަކެތިން ސަލާމާތްކޮށް، މުޖްތަމައުގެ ތެރޭގައި ގަދަރުވެރި ބަޔަކަށް ހެދުން މުހިންމު ކަމަށެވެ. ސަރުކާރުން އެންމެ އިސްކަމެއްދެއްވާ އެއް މަސައްކަތަކީ އުފެއްދުންތެރި، ޤައުމަށް ފައިދާހުރި ބަޔަކަށް ޒުވާނުން ހެދުންކަމަށް ފައިސަލް ވިދާޅުވިއެވެ.

މަސްތުވާތަކެތީގެ މައްސަލަ ހައްލު ކުރެވޭނީ ހަމައެކަނި ފަރުވާގެ ނިޒާމަކުން ނޫންކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ، އެ މީހުން ފަރުވާ ނިންމާ ނިކުތުމުން މުޖްތަމައުގެ ތެރޭގައި އެ މީހަކާއި މެދު ދެކޭ ގޮތް ބަދަލުވާން ޖެހޭ ކަމަށެވެ. އަދި ވަޒީފާގެ މާހައުލު ތަނަވަސްކޮށް، އާމްދަނީ ލިބޭ ފުދުންތެރި ޒުވާނުންތަކެއްގެ ގޮތުގައި އެފަދަ މީހުން ބިނާ ކުރުމަށް އާއްމުން އިސް ރޯލެއް އަދާކުރަން ޖެހޭ ކަމަށް ނައިބް ރައީސް ވިދާޅުވިއެވެ.

ރަސްމިއްޔާތުގައި ޖެންޑާރ މިނިސްޓަރ އައިޝަތު ވިދާޅުވީ މުޖްތަމައުއަށް ހާއްސަކޮށް ކޮމިއުނިޓީ ޕްރޮގްރާމްތައް ވެސް ކުރިޔަށް ގެންދާނެ ކަމަށެވެ. ފަރުވާ ނިންމާ ނިކުންނަ ކޮންމެ ޒުވާނަކަށް ވެސް އާއިލާގެ ފަރާތުން ލޮތްބާއި އަޅާލުން ބޭނުންވާ ކަމަށާއި، އެ މީހުން މުޖުތަމައުއަށް ނެރުމަށްޓަކައި އިޖުތިމާއީގޮތުން ދޭންޖެހޭ އެހީތެރިކަން ފޯރުކޮށްދިނުމަށް މިނިސްޓަރ އެދިވަޑައިގަތެވެ.

މިނިސްޓަރ ވިދާޅުވީ، ފަރުވާގެ ނިޒާމާއި އެކު ސެންޓަރަށް އަންނަ މީހުންނަށް ތަފާތު އެކި ތަމްރީނު ޕްރޮގްރާމުތައް ވެސް ހިންގާނެ ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: