ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެތެރޭގެ ދަރަނި މައްޗަށް ގޮސްފައިވަނީ އެސްބީއައިއަށް ވިއްކި ޓީބިލުގެ ސަބަބުން!

ޝެއާރކޮށްލާ ކަހަލަދޯ؟

މިއަހަރުގެ ޖޫން މަސް ނިމުނުއިރު، ރާއްޖޭގެ އެތެރޭގެ ދަރަނި 20 އިންސައްތަ އިތުރުވެފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކައިފިއެވެ.

ފިނޭންސް މިނިސްޓްރީއިން އެންމެ ފަހުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން، މިދިޔައަހަރުގެ ޖޫން މަހާއި އަޅާ ބަލާއިރު މިއަހަރުގެ ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ޖުމްލަ ދަރަނި ވަނީ 20އިންސައްތަ އިތުރުވެފައެވެ. އެއީ ދިވެހި ރުފިޔާއިން ބަލާ ކަމުގައިވާނަމަ 10،655 މިލިއަން ރުފިޔާއެެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގެ ޖުމްލަ ދަރަނި 20 އިންސައްތަ އިތުރުވެފައިވާއިރު، ގެރެންޓީ ދޫކޮށްފައިވާ ލޯނުތަކާއެކު ދަރަނީގެ ނިސްބަތް 32 އިންސައްތައަށް އަރައެވެ. ރާއްޖޭގެ އެތެރޭގެ ދަރަނީގެ ނިސްބަތް އުފުލުމުގެ މައިގަނޑު ސަބަބެއް ގޮތުގައި ފިނޭންސް މިނިސްޓްރީގެ ރިޕޯޓުގައި ފާހަގަކޮށްފައިވަނީ ރާއްޖެއިން ސްޓޭޓް ބޭންކް އޮފް އިންޑިޔާގެ މާލޭގެ ގޮތްޕަށް ވިއްކާފައިވާ 150 މިލިއަން ޑޮލަރުގެ ޓީބިލުގެ ސަބަބުންނެވެ.

ރާއްޖޭގެ އެކްސްޓަރނަލް ޑެޓް ނުވަތަ ބޭރުން ނަގާފައިވާ ލޯނުތަކުގެ ނިސްބަތް މިމުއްދަތުގެ ތެރޭގައި 2 އިންސައްތަ ވަނީ އިތުރުވެފައެވެ. މީގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ ޓާމިނަލް ތަރައްގީ ކުރުމުގެ މަޝްރޫއަށް ނަގާފައިވާ 284 މިލިއަން ރުފިޔާގެ ސަބަބުންނެވެ.

މީގެ އިތުރަށް، ގެރެންޓީ ދޫކޮށްފައިވާ ލޯނުތަކުގެ ނިސްބަތް އިތުރުވީ، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއަށް ދޫކޮށްފައިވާ ގެރެންޓީގެ ދަށުން ހިނގާފައިވާ ކަރަންސީ ސްވެޕް މުއާމަލާތާއި، ސަރުކާރުން ގެރެންޓީ ދީގެން އެސްއޯއީ ކުންފުނިތަކުން ނަގާފައިވާ ލޯނުތަކުގެ ސަބަބުންކަމަށް ތަފާސްހިސާބުތަކުން ދައްކައެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން، ޖޫން މަސް ނިމުނުއިރު ރާއްޖޭގެ ދަރަނި ޖީޑީޕީ ނިސްބަތުން ބަލާއިރު ހުރީ 128 އިންސައްތައިގައެވެ. ހުސްވި ޖޫން މަހާއި އަޅާ ބަލާއިރު، ޖީޑީޕީ ނިސްބަތް ވަނީ 33 އިންސައްތަ ދަށްވެފައެވެ. މީގެ ސަބަބެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ ކޮވިޑް-19އާއި ގުޅިގެން އުފެއްދުންތެރިކަމުގެ ނިސްބަތް ދަށްވެފައިވުމެވެ. މިކަމުގެ ސަބަބުން، ފިސްކަލް ރެސްޕޮންސިބިލިޓީ އެކްޓުގައި ފާހަގަކޮށްފައިވާ ޑެޓް ޓާގެޓަށް ވާސިލްވުމަށް އިތުރު ދަތިތަކަކާއި ކުރިމަތިވާނެކަން ފިނޭންސް މިނިސްޓްރީއިން ފާހަގަކުރެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: