ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީއެސް މަގާމުން އިސްތިއުފާ ދެއްވައިފި

މިނިސްޓްރީ އޮފް ޓްރާންސްޕޯޓު އެންޑް ސިވިލްް އޭވިއޭޝަނުގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް އަބްދުﷲ ފަޔާޒް އައްޔަނު ކުރެއްވުން -- ފޮޓޯ: ޓްރާންސްޕޯޓު
ޝެއާރކޮށްލާ ކަހަލަދޯ؟

ސަސްޕެންޑްކޮށްފައިވާ، މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަންގެ ޕަރމަނަންޓް ސެކްރެޓަރީ ޢަބްދުﷲ ފަޔާޒް މަގާމުން އިސްތިއުފާދެއްވައިފިއެވެ.

އޭނާ މަގާމުން އިސްތިއުފާދެއްވާފައި މިވަނީ ސަސްޕެންޑްކޮށްފައި ހުންނަވާތާ މަސް ދުވަހަކަށްވުރެ ގިނަ ދުވަސް ވީފަހުންނެވެ. ފަޔާޒު ސަސްޕެންޑް ކުރީ އޭނާއާ ގުޅޭ ކޮރަޕްޝަންގެ މައްސަލަތަކެއް ސިވިލް ސަރވިސް ކޮމިޝަން އަދި އޭސީސީ އަށް ހުށަހެޅިފައިވާތީ އެ މައްސަލަތައް ތަހުގީގުކޮށް ނިމެންދެންނެވެ.

ނަމަވެސް ފަޔާޒުގެ މައްޗަށް ތުހުމަތު ކުރެވޭ މައްސަލަތައް އޭނާގެ މައްޗަށް ސާބިތުނުވާ ކަމަށް ސިވިލް ސާވިސް ކޮމިޝަނުން އިއްޔެ ވަނީ އޭނާ އަށް އަންގާފައެވެ.

ސިވިލް ސަވިސް ކޮމިޝަނަށް ފަޔާޒު ފޮނުއްވާފައިވާ ސިޓީގައި ވަނީ “އޮފީހަށް ނިކުތުމަށް އަންގާ ލިޔުން” ލިބުމާއެކު މިއަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އޮފީހަށް ނުކުމެ މަސައްކަތުގައި އުޅެނިކޮށް ޓްރާންސްޕޯޓް މިނިސްޓަރ އޭނާއާ ބައްދަލު ކުރެއްވި ކަމަށެވެ. އަދި އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށްވެސް ފަޔާޒުގެ ސިޓީގައި ވިދާޅުވެފައި ވެއެވެ. އަދި އެދުވަހުގެ 12:00ގެ ކުރިން އިސްތިއުފާ ނުދެއްވައިފިނަމަ، މަގާމުން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް މިނިސްޓަރު ލިޔުއްވާނެ ކަމަށް ވެސް، ސީއެސްސީއަށް ފަޔާޒު ފޮނުއްވި އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފަޔާޒުގެ ސިޓީގައި އިތުރަށް ވަނީ ސީއެސްސީން ބަލަމުންދިޔަ އޭނާގެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް، މަގާމުން އިސްތިއުފާދިނުމަށް އޭނާއަށް އަންގައި، އަދި މަގާމުން ވަކިކުރުމަށް މިނިސްޓަރު ހުންނަވައިގެން އެތައް މަސައްކަތްތަކެއް ކުރައްވާފައިވާކަމަށެވެ. އަދި ސީދާ ޞަރީހަ އިބާރާތުން އޭނާ ވަޒީފާއިން ވަކިކޮށްދިނުމަށް އެެދި ސީއެސްސީގައި އެދުމުން، އެ ކޮމިޝަނުން އޭނާއާ ހަވާލުކޮށްފައިވާ ޕާމަނަންޓް ސެކްރެޓަރީކަމުގެ ޒިންމާ އަދާ ކުރާނެ މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ނެތް ކަމަށެެވެ.

އަދި ވަޒީފާގައި ދެމިހުރުމަށް ނިންމާ ނިންމުމުގެ ސަބަބުން އޭނާގެ މައްޗަށް އިތުރު ދޮގު އިލްޒާމު އެޅުވުމުގެ އިތުރަށް ނަފްސާނީ ގޮތުން އޭނާއަށް ފާހި މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި އޮތްކަމަށް ނުދެކޭ ކަމަށްވެސް، ފަޔާޒުގެ އިސްތިއުފާގެ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ޓްރާންސްޕޯޓު މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމަށް ފަޔާޒް އައްޔަން ކޮށްފައިވަނީ އޭޕްރިލް 2019 ގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: