ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕީ.އެސް ގެ އިސްތިއުފާ: 12 ޖެހުމުގެ ކުރިން އިސްތިއުފާ ދިނުމަށް މިނިސްޓަރ ނަހުލާ އެންގި!

ޝެއާރކޮށްލާ ކަހަލަދޯ؟

ޓްރާންސްޕޯޓް މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަބްދުﷲ ފަޔާޒު, މިނިސްޓަރަ އައިޝަތު ނަހުލާ އަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ އެމަގާމުން އިސްތިއުފާ ދެއްވައިފިއެވެ.

އެގޮތުން 12 ޖެހުމުގެ ކުރިން އިސްތިއުފާ ދިނުމަށް މޮނިސްޓަރ ނަހުލާ އެންގިކަމަށް ފަޔާޒު ވަނީ ތުހުމަތު ކުރައްވާފައެވެ.

ސިވިލް ސާވިސް ކޮމިޝަނަށް ފޮނުއްވި ސިޓީއެއްގައި  ފަޔާޒް ވިދާޅުވެފައި ވަނީ މިއަހަރުގެ ނޮވެމްބަރު އެއްވަނަ ދުވަހު އޮފީހަށް ނުކުމެ މަސައްކަތުގައި އުޅެނިކޮށް ޓްރާންސްޕޯޓް މިނިސްޓަރ އޭނާއާ ބައްދަލު ކުރެއްވާ އެމިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީގެ މަގާމުން އިސްތިއުފާ ދެއްވުމަށް އެންގެވި ކަމަށެވެ.

“އެދުވަހުގެ 12:00ގެ ކުރިން އިސްތިއުފާ ނުދެއްވައިފިނަމަ، މަގާމުން ވަކިކުރުމަށް ސިވިލް ސަރވިސް ކޮމިޝަނަށް މިނިސްޓަރު ލިޔުއްވާނެ ”  ފަޔާޒް ގެ ސިޓީގައި ބުނެފައިވެއެވެ.

މީގެ އިތުރުން ސީއެސްސީން ބަލަމުންދިޔަ އޭނާގެ މައްސަލަތަކުގެ ތަހުގީގު ނުނިމެނީސް، މަގާމުން އިސްތިއުފާ ދިނުމަށް އޭނާއަށް އަންގައި، އަދި މަގާމުން ވަކިކުރުމަށް މިނިސްޓަރު ހުންނަވައިގެން އެތައް މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ސިޓީގައި ބުނެފައިވެއެވެ

މީގެ އިތުރުން އޭނާ ވިދާޅުވީ ޕާމަނަންޓް ސެކްރެޓަރީކަމުގެ ޒިންމާ އަދާ ކުރާނެ މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ނެތް ކަމަށެވެ.

މީގެ އިތުރުން ފަޔާޒުގެ އިސްތިއުފާގެ ސިޓީގައި ބުނެފައިވަނީ އިތުރު ދޮގު އިލްޒާމު އެޅުވުމުގެ އިތުރަށް ނަފްސާނީ ގޮތުން ފަހި މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި އޮތްކަމަށް ނުދެކޭކަމަށެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: