ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

“ލަންކާގައި މަރުވާ މުސްލިމުން ގެނައުމަކީ މުސްލިމުންނާއި ދެކޮޅަށް އެ ގައުމު ހިންގާ ކަންކަމަށް ކުރެވޭ ތާއީދެއް”

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގައި ލަންކާއިން މަރުވާ މުސްލިމުން ރާއްޖެ ގެނައުމަށް ނިންމައިފިނަމަ އެކަންވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެ ވޭތާއީދަކަށް ކަމުގައި ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެެވެ.

ލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖެ ގެނެސް، ވަޅުލެވޭ ގޮތް ހެދުމަށް ދިވެހި ސަރުކާރުން މަޝްވަރާތައް ފެށުމަކީ ރަނގަޅު ނިންމުމެއް ކަމަށް ވިދާޅުވެ، އެ ނިންމުމަށް ރާއްޖޭގެ ގިނަ އިލްމުވެރިންގެ ވަނީ ތާއީދު ކޮށްފައެވެ.

ނަމަވެސް މި މައްސަލާގައި މައުމޫން އިއްޔެ ކުރެއްވި ޓްވީޓްގައި ވިދާޅުވީ އެހެން ގައުމުތަކުގެ އެކި ދީންތަކުގެ މީހުން ރާއްޖެ އައިސް އުފާވެރިކަމާ އެކު ރާއްޖޭގައި އުޅެން ރާއްޖޭން މަރުހަބާ ކިޔާ ކަމަށެވެ. ނަމަވެސް ކޮވިޑް-19 ގައި މަރުވާ ބިދޭސީން ރާއްޖެ ގެނެސް ވަޅުލުމަކީ  ތާއީދު ކުރެވޭނެ ކަމެއް ނޫންކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.

މައުމޫން މިއަދު ވަނީ މި މައްސަލާގައި އަނެއްކާވެސް ވާހަކަފުޅު ދައްކަވާފައެވެ. އެގޮތުން މައުމޫން މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ރާއްޖެއިން ކޮށްދޭންޖެހޭނެ ކަމެއްނޫންކަމަށެވެ.

“ކޮވިޑް ގެ ސަބަބުން މަރުވާ ސްރީލަންކާ މުސްލިމުންގެހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން އަޅުގަނޑުމެން ކޮށްދޭންޖެހޭނެ ކަމެއްނޫން. އަދި އެކަންކޮށްދީފިނަމަ އެކަންވާނީ އެޤައުމުގެ ސަރުކާރުން މުސްލިމުންނާމެދު ޢަމަލުކުރަމުންދާ ގޮތަށް ކުރެވޭތާއީދަކަށް.” މައުމޫން ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: