ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޯލިޝަންގެ މީހުން ދައުލަތުގެ ހަޒާނާއިން ވައްކަންކޮށް ސަރުކާރު ކިލަނބުކޮށްފި: ޖާބިރު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު/ ފޮޓޯ: ރައީސް އޮފީސް
ޝެއާރކޮށްލާ ކަހަލަދޯ؟

ދައުލަތުގެ ހަޒާނާއަށް އަތް ބޭނޭނެ ގޮތަށް ސަރުކާރު ކޯލިޝަނަށް ނިސްބަތްވާ މީހުންނާ ވުޒާރާތައް ހަވާލުކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ސަރުކާރު ކިލަނބުކޮށްލައިފި ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ސަންގު ޓީވީގެ “ޙަބަރަށްފަހު” ޕްރޮގްރާމުގައި ރޭ ބައިވެރިވެވަޑައިގަތް ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ މިދިޔަ ރިޔާސީ އިންތިހާބުގައި ކޯލިޝަަން ހަދަން ތާއިދު ކުރީ ވަޒީރުންގެ މަޖިލީސް ކޯލިޝަނަށް ބަހާލާކަށް ނޫން ކަމަށާއި ރައީސްއަށް އަމިއްލައަށް ކަންކަން ނުނިންމޭ ގޮތަށް ސަރުކާރު ހިންގާކަށް ނޫން ކަމަށެވެ.

“ކޯލިޝަން އުފެއްދީ ހަތަރު ސަރުކާރެއް މިތާ އޮޕަރޭޓް ވާގޮތަކަށް ނޫން. ރައީސްއަށް އަމިއްލަފުޅަށް ކަންކަން ނުނިންމޭ ގޮތަށް، ރައީސް، ގާސިމް ކައިރީގަ އަހައިގެން މި ގައުމު ހިންގާ ހިސާބުގަ، ނޫނިއްޔާ މައުމޫން ކުރީގައި ރާއްޖޭގައި ވެރިކަންކުރި އިރު، މައުމޫން ވިދާޅުވާގޮތަށް މި ގައުމު ހިންގައިގެން ނުވާނެ.

ޖާބިރު ވިދާޅުވީ ގައުމު ހިންގަން އެއްވެސް މީހެއް ކައިރީ ރައީސް އައްސަވާކަށް ނުޖެހޭނެ ކަމަށާއި ގައުމު ހިންގަން ޖެހޭނީ ވަޒީރުންގެ މަޖިލީހުގެ މަޝްރާގެ މަތިން ކަމަށެވެ. އަދި ރިޔާސީ ނިޒާމެއްގައި ގައުމު ހިންގަން ޖެހޭނެ ގޮތަކީ އެއީ ކަމަށް ޖާބިރު ވިދާޅުވިއެވެ.

“މައުމޫނަށް ޗޮއިސްއެއް އޮތް ތޯ. ފާރިސް އޮތީ ޖަލުގައި. މިސާލެއްގެ ގޮތުން މައުމޫން ޖަލުން ގެއަށް ގެނައި ދުވަހު ތިން މީހުން ވެސް އޭނާ ގެ ކައިރިއަށް އެކެއް ނުވޭ. ގާސިމް ނެރެގެން ވެސް މީހަކު އެކެއް ނުވޭ. ކޮން ތާއީދެއް އޮތް ބައެއްތޯ މިއީ. ގައުމުގެ ހަޒާނާއަށް އަތް ބޭނޭނެގޮތަށް ދައުލަތުގެ ވުޒާރާތައް އެ މީހުންނާ ހަވާލުކޮށް، އެތަންތަން ވެސް ފެއިލްވެ، އެތަންތަނަށް ލާފައިތިބި މީހުން ވައްކަން ކޮށްގެން މި ދައުލަތުގެ މިއޮތް ރީތި އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރު ކިލަނބު ކޮށްފ.” ޖާބިރު ވިދާޅުވިއެވެ.

ޖާބިރު ވިދާޅުވީ ރައީސް ސޯލިހު ވެރިކަމަށް ގެނައީ ރާއްޖޭގެ ރައްޔިތުން ކަމަށާއި މައުމޫން އަދި ގާސިމެއް ވެސް ނޫން ކަމަށެވެ.

ކޯލިޝަން ސަރުކާރަކީ ގާނޫނުއަސާސީއާ ޚިލާފު ކަމެއް ކަމަށާއި ރައީސް ސޯލިހު ކޯލިޝަން ސަރުކާރެއް ހިންގަވާ މައްސަލަ ސުޕްރީމް ކޯޓަށް ހުށަހަޅުއްވާނެ ކަމަށް ޖާބިރު މީގެ ކުރިން ވަނީ ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: