ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގައި މަރުވާ ލަންކާ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަށް އަދާލަތުން ތާއީދުކޮށްފި

އަދާލަތު ޕާޓީގެ ބައެއް އިސް ބޭފުޅުން: ފޮޓޯ ސަން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގައި މަރުވާ ސްރީލަންކާގެ މުސްލިމުން ރާއްޖެ ގެނެސް ވަޅުލުމަށް އަދާލަތު ޕާޓީން ތާއީދުކޮށްފިއެވެ.

އަދާލަތުން ބުނީ މުޅި ދުނިޔެއަށް ދިމާވެފައިވާ މި ނާޒުކު ހާލަތުގައި ސްރީލަންކާގެ ސަރުކާރުން އެދިލައްވާފައިވާ އެދިލެއްވުމަށް އިޖާބަދެއްވާ، ސްރީލަންކާގެ މުސްލިމުންގެ ޙާލަތަށް ރިޢާޔަތްކުރައްވާ އެ ޤައުމުގައި މަރުވާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ހަމަޖައްސަވައިދެއްވުމަކީ ލަންކާގެ މުސްލިމުންގެ ޙައްޤުގައި އާއި އިސްލާމީ އުންމަތުގެ ޙައްޤުގައި ކޮންމެހެން ކުރަން ޖެހޭ ކަމެއްކަމުގައި ދެކޭ ކަމަށެވެ.

މިފަދަ ފިޔަވަޅުތަކަކީ އިސްލާމީ އުންމަތުގެ އުޚުއްވަތްރެއިކަމާއި އެއްބައިވަންތަކަމަށް އެހާމެ މުހިންމު، އަދި ސްރީލަންކާއާއި ރާއްޖެއާއި އޮންނަ ޒަމާންވީ ގުޅުން ދެމެހެއްޓުމަށް އެޅޭނެ ހަރުދަނާ ފިޔަވަޅެއް ކަމަށް ދެކޭ ކަމަށްވެސް އަދާލަތުން ބުނެއެވެ.

އިސްލާމީ އުސޫލުތަކާ އެއްގޮތަށް ލަންކާ މުސްލިމުންގެ ޖަނާޒާގެ ކަންތައްތައް ފުރިހަމަކުރުމަށް އެގައުމުގެ ސަރުކާރަށް ދަތިތަކެއް ކުރިމަތިވެފައިވާތީ އެ ގައުމުން ވަނީ ރާއްޖޭގައި ލަންކާ މުސްލިމުން ވަޅުލަން ދިވެހި ސަރުކާރުގެ އެހީއަށް އެދިފަ އެވެ. އަދި ދިވެހި ސަރުކާރުން ދަނީ އެހީ ދެވޭނެތޯ ބަލަމުންނެވެ.

މިކަމާ ދެކޮޅަށް ވާހަކަ ދައްކަވަމުން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވީ އެ މީހަކު ނިސްބަތްވާ ގައުމަށާއި ގަބޫލު ކުރާ ކަންކަމާ ހެދި ތަފާތު ކުރުމެއް ނެތި ރާއްޖެއިން ހުރިހާ ބިދޭސީންނަށްވެސް މަރުހަބާ ކިޔާނެ ކަމަށެވެ.

އެހެން ނަމަވެސް، އެހެން ގައުމުތަކުގައި ކޮވިޑް-19 ޖެހިގެން މަރުވާ މީހުންގެ ހަށިތައް ރާއްޖެ ގެނައުމަކީ ތާއީދު ކުރެވޭނެ ކަމެއް ނޫން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: