ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕާސްޕޯޓު ހިފެހެއްޓީ ފުރަން ގޮސް ހުއްޓައެއް ނޫން: ނިހާން

އަހުމަދު ނިހާން ހުސެން މަނިކް
ޝެއާރކޮށްލާ ކަހަލަދޯ؟

ޕާސްޕޯޓު ހިފެހެއްޓީ ފުރަން ގޮސް ހުއްޓާ ނޫން ކަމަށް ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ވިދާޅުވެއްޖެއެވެ.

ނިހާން ފުރުން މަނާކޮށްފައިވާ ކަމަށް ފުލުހުންވެސް ވަނީ ޔަގީންކޮށްދީފައެވެ. ފުލުހުން ބުނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތާއި ގުޅުންހުރި މައްސަލައެއްގައި ނިހާން ފުރުން މަނާކޮށްފައިވާ ކަމަށެވެ.

ނިހާންގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ އޭނާ ފުރައިގެން ބޭރަށް ދާން އުޅޭތީ ކަމަށް އަޑުފެތުރުނު ނަަމަވެސް އެ ވާހަކަތައް އޭނާ ވަނީ ދޮގުކޮށްފައެވެ.

ނިހާން ވިދާޅުވީ މިއަހަރު ފެށުނު ފަހުން ރާއްޖެއިން ބޭރުގެ އެއްވެސް ތަނަކަށް ދާން، އެންމެ ކުޑަމިނުން ހިތަށް ވެސް ނާރުވާ ކަމަށެވެ. އަދި އެއްވެސް އެއާލައިނަކުން ކުޑަމިނުން ރިޒަވޭޝަނެއްހާ ހިސާބު ވެސް ހައްދާފައި ނުވާނެ ކަމަށް ނިހާން ވިދާޅުވިއެވެ.

“ދެން ކިހިނެތް އެއާޕޯޓަށް ދާނީ ފުރަން؟ ފްރޭމްކޮށް އަގުވައްޓާލަން އުޅުނަސް ބޮޑުވަރު” ނިހާން ވިދާޅުވިއެވެ.

ނިހާންގެ ޕާސްޕޯޓު ހިފެހެއްޓިއިރު އެމްއެމްޕީއާރްސީ ހިޔާނާތާއި ގުޅިގެން މިދިޔަ އޮކްޓޫބަރު މަހު އޭނާ ވަނީ އެސެޓް ރިކަވަރީ ކޮމިޝަނަށް ހާޒިރުކޮށް ސުވާލުކޮށްފައެވެ.

ވަރަށް ގަދަ
50%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: