ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ނެގެޓިވް ނަތީޖާއާއެކު ބޭރުން އަންނަ ދިވެހިން ކަރަންޓީނުވާން ނުޖެހޭ ގޮތަށް ހަދައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ނެގެޓިވް ޕީސީއާރު ނަތީޖާއާއެކު ރާއްޖެއިން ބޭރުން އަންނަ ދިވެހިންނާއި ރާއްޖެއަށް ވޯކް ވިސާގައި އަންނަ ބިދޭސީން ކަރަންޓީނު ވާން ނުޖެހޭ ގޮތަށް ނިންމައިފިއެވެ.

އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19އާ ގުޅިގެން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ބަދަލުގެނެސްފައެވެ.

އެގޮތުން ރާއްޖެއަށް ދެން ދަތުރުކުރާ ދިވެހިންނާއި ވޯކް ވިސާގައި ދަތުރު ކުރާ ފަރާތްތައް ދަތުރުކުރުމުގެ ކުރިން 96 ގަޑިއިރު ނުވާ ޕީސީއާރް ކޮވިޑަށް ނެގެޓިވް ޓެސްޓެއް އޮންނަން ޖެހެއެވެ.

އަދި ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު މާލެ ސަރަހައްދަށް އަންނަ މި ފަރާތްތައް ކަރަންޓީނު ވާން ނުޖެހޭނެ ކަމަށް ވެސް އެޗްޕީއޭއިން ބުނެއެވެ. ނަމަވެސް މާސްކު އަޅައި ރައްކާތެރިވެ، 10 ދުވަސް ވަންދެން ގޭގައި އެކަހެރި ވުމަކީ އެންމެ އެދެވިގެންވާ ގޮތް ކަމުގައި އެޗްޕީއޭއިން ބުނެއެވެ.

ރާއްޖެ އައިސް ރަށް ރަށަށް ދަތުރު ކުރާ ފަރާތްތަކާއި މާލެ ސަރަހައްދަށް އަންނަ ސިއްހީ ދާއިރާއާއި ތައުލީމީ ދާއިރާގެ އިތުރުން ދައުލަތުގެ މީހުން ބަލަހައްޓާ މަރުކަޒުތަކުގައި މަސައްކަތް ކުރާ މުވައްޒަފުން 10 ދުވަހަށް ކަރަންޓީނުވާން ޖެހޭނެއެވެ. މި ފަރާތްތައް ކަރަންޓީނުން ދޫކޮށްލެވޭނީ 10 ދުވަހަށް ފަހު ކޮވިޑަށް ޓެސްޓުކޮށް، ނަތީޖާ ނެގެޓިވް ވުމުންނެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: