ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީނު އުސޫލަށް މިގެނައި ކުއްލި ބަދަލުގެ ފަހަތުގައި އޮތީ ކޮންކަމެއް?

މާލޭގައި ކޮވިޑު ފެތުރޭ ނިސްބަތް އަނެއްކާވެސް އިތުރުވުން/ ފޮޓޯ: ޕީއެސްއެމް
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް 19 ގެ ބަލިމަޑުކަމުގެ ދުވަސްތައް ދިވެހިންވެސް ވޭތު ކުރަމުންދާއިރު, ކަރަންޓީނުގެ އުސޫލުތަކާއި ކޮވިޑް 19 އާއި ގުޅިގެން ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކަކީ ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ބޭފުޅުންނަށް މަންފާ ވާނޭ ގޮތަށް އަޅާ ފިޔަވަޅުތަކެކޭ ބުނެ ދިވެހި ރައްޔިތުން ކަންބޮޑުވުން ފާޅުކުރަނަ ފެށީ މިއަދަކު އިއްޔެއަކު ނޫނެވެ.

ކޮވިޑް 19 ގެ ސަބަބުން ސަރުކާރުން އެކުލަވާލާފައިވާ އުސޫލުތަކަކީ ހަމަ އެކަނި އާރެއް ބާރެއް ނެތް ނިކަމެތި ދިވެހި ރައްޔިތުންނަށް އެކަނި އަމަލު ކުރަންޖެހޭ އުސޫލުތަކެއްކަން ނޭންގޭނޭ ދިވެއްސެއް މިހާރަކު އުޅޭނޭ ހެނެއް ހިޔެއްނުވެއެވެ.

ސަރުކާރުގެ އިސްވެރިންނާއި ސިޔާސީ ބޭފުޅުން ބޭރުގައުމުތަކައް ގޮސް އެނބުރި އައުމުން ކަރަންޓިންވާން ނުޖެހުމާއި, ވެރިރަށް މާލެއިން އަތޮޅުތަކުގެ ރަށްތަކައް ދަތުރު ކުރުމައްފަހު ކަރަންޓީނުގެ މުއްދަތު ހަަމަ ނުކުރާ ވާހަކަތަކަކީ ދިވެހިން އަޑުއަހާ ބާވެފައިވާ ވާހަކަތަކެކެވެ.

މި ސަބަބުތަކާއި ހެދި ކޮވިޑް 19 ގެ ދިގި އަތް ވެރިންނާއި ސިޔާސީ ބޭފުޅުންނާއި ހަމައަށް ނުފޯރަނީތޯ ދިވެހި ރައްޔިތުން ދަނީ ސުވާލުކުރަމުންނެވެ.

އަނެއްކާވެސް އެޗްޕީއޭއިން މިއަދު ވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންގެ ޞިއްޙަތާއި ރައްކައުތެރި ކަމަށް ޓަކައި، ޢާންމު ޞިއްޙަތު ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން އަޅާފައިވާ ބައެއް ފިޔަވަޅުތަކަށް ލުއިތަކެއް ދީފައެވެ.

އެޗްޕީއޭއިން މިއަދު ނެރުނު އިއުލާނުގައި ބުނީ ހުއްދަ ލިބިގެން ކުރު މުއްދަތުގެ މަސައްކަތްތަކަށް ރިސޯޓުތަކަށް ދަތުރުކުރާ މީހުންނާއި ލޯކަލް ޓޫރިސްޓުންގެ ގޮތުގައި ރިސޯޓުތަކަށް ޗުއްޓީއަށްދާ ފަރާތްތަކުން ދަތުރަށް ފަށާއިރު 72 ގަޑިއިރު ހަމަނުވާ ޕީސީއާރު ނެގެޓިވް ނަތީޖާ އެއް އޮތްނަމަ ރިސޯޓަށް ދެވޭނެ އެވެ.

މީގެ އިތުރުން އެޗްޕީއޭއިން މިއަދު ގިނައި އަނެއް ބަދަލަކީ ނެގެޓިވް ޕީސީއާރު ޓެސްޓަކާއެކު ރާއްޖެ އިން ބޭރުން މާލެ ސަރަހައްދަށް އަންނަ ދިވެހިންނަށް ކަރަންޓީނު ވާން ނުޖެހޭނެ ގޮތައް ގެނައި ބަދަލެވެ.

މި ދެ އުސޫލަކީ ސިޔާސީ ބޭފުޅުންނާއި ސަރުކާރުގެ އިސްވެރިން ރިސޯޓްތަކައް ގޮސް ޗުއްޓީ ހޭދަކޮށްލުމަށާއި , ރާއްޖެއިން ބޭރުގައި ތިބި އެފަރާތްތަކުގެ އަބިދަރިން ރާއްޖެއަށް ޗުއްޓީ އަށް ގެނައުމުގެ މަގު ފަހި ކުރުމުގެ ގޮތުން ގެނެސްފައިވާ ދެބަދަލުކަމަގައި ބުނުމުން ދޮގަކަށް ނުވާނެއެވެ.

ނުހަނު ބިޒީކޮށް އުޅެމުންވެސް ކުރިއަށް މިއޮތް އާއަހަރު ފެށޭ ދުވަހުގެ ރެޔައް އެބޭފުޅުންވެސް ޗުއްޓީ އައްދާން ބޭނުންވާނެ ނޫންތޯއެވެ. ކުރިޔައް މިއޮތް އާއަހަރައް މަރުހަބާއެވެ.

ވަރަށް ގަދަ
38%ވަރަށް ގަދަ 5%ވަރަށް ގަޔާވޭ 10%ބޮޑު ޖޯކެއް 3%ހައިރާންވެއްޖެ 2%ވަރަށް ދެރަ 41%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

2 Responses

  1. ކުއްލި ބަދަލުގެފަހަތުގަވަނީ އާއަހަރުފާހަނގަކުރަން ރާއްޖެއިންބޭރައްދިއުމާ ރިސޯޓްތަކައްދާން ފުރުސަތު ހުޅުވާލުން ނޫންތޯ ކިހާސާފު

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: