ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ތިމާވެށި ރައްކާތެރިކުރުމަށް އިސްކަންދެމުން: ފައްޔާޒް

އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއީލް. ފޮޓޯ: އެޑިޝަންއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ތިމާވެށި ރައްކާތެރިކުރުމަށް ޚާއްސަ އިސްކަމެއް ދޭނެކަމަށް އިކޮނޮމިކް މިނިސްޓަރ އަލްއުސްތާޛް ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެއެވެ.

ސަރުކާރުގެ ނޫ އިގްތިސާދުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް، ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއި ގުޅިގެން ކުރިއަށްގެންދާ “ނޫ ރާއްޖެ” ޕްރޮގްރާމް އިފްތިތާހުކުރުމަށް ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މިނިސްޓަރ ވިދާޅުވީ ދެމެހެއްޓެނިވި ތަރައްގީ ގެނެވޭނީ އިގްތިސާދާއި އެއްވަރަށް ތިމާވެއްޓަށްވެސް ސަމާލުކަން ދީގެން ކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ދިވެހިންނަކީ ކަނޑާއި ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑަށް ގުޅިލާމެހިފައިވާ ބައެއް ކަމަށެވެ. އަދި ކަނޑާއި ދިރުންތަކަށް އަންނަ ކޮންމެ ގެއްލުމަކީ ދިވެހި ރައްޔިތުންނަށް ކުރިމަތިވާ ގެއްލުމެއްގެ ގޮތުގައި މިނިސްޓަރ ފާހަގަކުރެއްވިއެވެ. ތިމާވެއްޓަށް ކުރިމަތިވާ ކޮންމެ ގެއްލުމެއްގެ އަސަރު، ރާއްޖެ ފަދަ ކުދި ޖަޒީރާ ގައުމުތަކަށް ކުރާނެކަން މިނިސްޓަރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

“އިންސާނުންގެ އަމަލުތައް ހުންނަގޮތުން، ކަނޑުގެ ދިރުންތަކަށް ވަރަށް ބޮޑަށް އަސަރުކުރޭ. މިކަމުގެ ސަބަބުން މުޅި ފުޑް ޗެއިނަށްވެސް އެކަމުގެ އަސަރުކުރޭ”

މިނިސްޓަރ ވިދާޅުވިީ، ކާބޮންޑައިއޮކްސައިޑް ފަދަ ވިހަ ގޭސްތައް ޖައްވަށް ދޫކުރާ މިންވަރު އިތުރުވުމާއި ގުޅިގެން ކަނޑުގެ ލޮނުގަނޑު ހޫނުވަމުންދާ ކަމަށެވެ. އަދި މޫދަށް ކުނި އުކާލުން ފަދަ އިންސާނުންކުރާ ނޭދެވޭ އަމަލުތަކުގެ ސަބަބުންވެސް ވަރަށް ގިނަ ގެއްލުންތަކެއް ވަމުންދާ ކަމަށާއި މިހާރުން މިހާރަށް މިކަންކަން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވިއެވެ. މިހާރުވެސް އަޅާފައިވާ ބައެއް ފިޔަވަޅުތަކަކީ ފަސޭހަ ފިޔަވަޅުތަކެއް ނޫން ކަމަށާއި އެހެންނަމަވެސް، އެފިޔަވަޅުތަކަކީ މަސްވެރިކަން ފަދަ ސިނާއަތްތައް ދެމެހެއްޓުމަށާއި ކަނޑުގެ ދިރުންތައް އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށް މުހިންމުކަމެއް ކަމަށް މިނިސްޓަރ ވަނީ ވިދާޅުވެފައެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: