ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެގްޒެކިއުޓާސް އިން ފަސް ވެންޓިލޭޓަރު ފޮނުވައިފި

ތަޖުރިބާ އެބަހުރި، ދުބާއީ ކުންފުންޏަށް ވެންޓިލޭޓަރު ގެނަން ހަވާލު ކުރީ އެއަށް ވުރެ ހެޔޮ އަގެއް ހުށަހަޅާފައިވަނިކޮށް/ އޭޑީކޭ
ޝެއާރކޮށްލާ ކަހަލަދޯ؟

ދުބާއީގެ އެގްޒެކިއުޓާސް ޖެނެރަލް ޓްރޭޑިންއާ ހަވާލުކުރި 75 ވެންޓިލޭޓަރުގެ ތެރެއިން އިތުރު ފަސް ވެންޓިލޭޓަރު ރާއްޖެ ގެނެސްފައިވާ ކަމަށް ހެލްތު މިނިސްޓްރީން ހާމަކޮށްފިއެވެ.

އެގްޒެކިއުޓާސްއާ ހަވާލު ކުރި ވެންޓިލޭޓަރުގެ ތެރެއިން މިހާތަނަށް 15 ވެންޓިލޭޓަރު ވަނީ ލިބިފައެވެ.

މި ވެންޓިލޭޓަރުތަކަކީ ހެލްތު މިނިސްޓްރީއާ އެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތަށް އެ ކުންފުނިން ކުރިން ރާއްޖެ ފޮނުވި، ވެންޓިލޭޓަރުގެ ފެންވަރު ދަށްވެ، އެ ވެންޓިލޭޓަރުތައް ބަލައިނުގަންނަން، ޑޮކްޓަރުންނާއި ނަރުހުން އަދި ބަޔޯމެޑިކަލް އިންޖިނިއަރުންގެ ޓީމަކުން ނިންމާފައިވާތީ އެ ވެންޓިލޭޓަރުގެ ބަދަލުގައި ފޮނުވި ވެންޓިލޭޓަރުތަކެކެވެ.

“އެގްޒެކިއުޓާރޒް ޖެނެރަލް ޓްރޭޑިންގް” ކުންފުންޏާ ހަވާލުކޮށްގެން 75 ވެންޓިލޭޓަރު ގެނައުމާއި ގުޅޭ މައްސަލާގައި ދައުލަތުގެ މާލިއްޔަތު ގަވާއިދާ ހިލާފު އެތަކެއް ކަމެއް ކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: