ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީން ޖަލަށްލީ ދުވަހު ރޮވުނު: ނަޝީދު

ޝެއާރކޮށްލާ ކަހަލަދޯ؟

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލީ ދުވަހު ރޮވުނު ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ ހަރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަ ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީން ޖަލަށް ލުމަކީ އެއްގޮތަކަށްވެސް އެދިވަޑައިގަންނަވާ ކަމެއް ނޫންކަމަށެވެ. އެމަނިކުފާނު ޖަލަށް ލުމުން އެކަމާއި ކީރިތި ކުރެއްވުނުކަމަށް ނަޝީދު ވިދާޅުވިއެވެ.

“ތި ބޭފުޅުންނަށް ފަހަރުގައި ފާހަގަކުރެވިފައި އޮވެދާނެ އަޅުގަނޑު ޖަލަށްލާފައި ހަވާ އެރުވުމާއި، ލަނގިރި ޖެހުމާއި، ލަވަ ކިޔުމާއި، މާ ބެހުމާއި، މި ހުރިހާ ކަމެއް. އެހެން ނަމަވެސް އަޅުގަނޑު ރައީސް ޔާމީން ޖަލަށްލީ ދުވަހު ވީ ދެރަ، އަޅުގަނޑަށް ރޮވުނު. އަޅުގަނޑު އެދޭ ގޮތެއް ނޫން އެއިކީ” ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ޖަލުގައި ނުހުރެ ސަލާމަތް ވުމުގެ ފުރުސަތު ޔާމީނަށްވެސް ލިބުނު ކަމަށާއި، އެެހެން ނަމަވެސް ޔާމީން އެ ފުރުސަތުގެ ބޭނުން ނުކުރެެއްވީ ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ސަލާމަތްވުމުގެ ފުރުސަތު ނަޝީދަށް ވެސް ލިބުނު ކަމަށާއި، އެކަން އެމަނިކުފާނު ކުރެއްވި ކަމަށް ރައީސް ނަޝީދު ވަނީ ވިދާޅުވެފައެެވެ.

އަދި ޔާމީން ހައްޔަރުކޮށް ޖަލަށްލީ ޔާމީންގެ ދައުރުގައި އެމަނިކުފާނު ހައްޔަރުކުރުމުން ކަމަށް ބައެއް ނޫސްތަކުގައި ލިޔެފައިވާތީ އެކަމާ ދެރަވާ ކަމަށާއި ޔާމީން ހައްޔަރުކޮށް ޖަލަށްލާފައިވަނީ އެމަނިކުފާނާއި ކުޑަކޮށް ވެސް ގުޅުމެއް އޮވެގެން ނޫން ކަމަށްވެސް ނަޝީދު ވިދާޅުވިއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: