ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝަރަފުގެ ހިނގާލުމާއެކު ދިއްދޫގައި ވެސް ހަވާ އަރުވައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ސިފައިންގެ ޝަރަފުގެ ހިނގާލުމާއެކު ހއ. ދިއްދޫގައި މިރޭ ހަވާ އަރުވަައިފިއެވެ.

މިއަދު ހަވީރު ދިއްދޫގެ ބޮޑެތި މަގުތަކުގައި ބޭއްވި ޝަރަފުގެ ހިނގާލުން ބަލާލުމަށް އާންމުންގެ ގިނަ ބަޔަކު ވަނީ މަގުތަކަށް ނުކުމެފައެވެ. އަދި މިރޭ ބޭއްވި ހަވާއެރުވުމުގެ ޙަރަކާތް ބެލުމަށްވެސް ގިނަ އަދަދެއްގެ ބަޔަކު ޖަމާވެފައި ވެއެވެ.

ހަވާ އެރުވުމާ ޝަރަފުގެ ހިނގާލުން ދިއްދޫގައި ބޭއްވިއިރު މާދަމާ ހއ. އިހަވަންދޫގައި ޝަރަފުގެ ހިނގާލުން ބާއްވާގޮތަށް ވަނީ ހަމަޖެހިފައެވެ.

މި ރަށްރަށުގައި ބޭއްވޭ ޝަރަފުގެ ހިނގާލުން ކުރިއަށްދާނީ އެ ރަށްތަކުގެ ބޮޑެތި މަގުތަކުގައި އެދުވަސްތަކުގެ ހަވީރު 4:00 އިން 5:00 އާ ދެމެދުއެވެ. މި ރަށްރަށުގައި ޝަރަފުގެ ހިނގާލުން އޮންނަ ދުވަސްތަކުގެ ރޭގަނޑު، ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) ގެ ހެޔޮއެދުންތަކާއެކު، ހަވާ އަރުވާގޮތަށް ވަނީ ހަމަޖެހިފައެވެ.

އެމްއެންޑީއެފް ނޮދަން އޭރިއާގެ ހެޑްކުއާޓަރ ޅ.މާފިލާފުށީގައި ހިންގި 66 ވަނަ އަސާސީ ތަމްރީނު ކޯހަކީ ތިން މަސް ދުވަހުގެ މުއްދަތަށް ހިންގި ކޯހެކެވެ. މި ކޯހުގައި 97 ދަރިވަރުން ބައިވެރިވެފައިވެއެވެ. އަދި އިއްޔެ ވަނީ ކޯހުގެ ދަސްވެނިވުން ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މިނިސްޓަރ އޮފް ޑިފެންސް އަލްއުސްތާޒާ މާރިޔާ އަޙްމަދު ދީދީއެވެ.

މިއީ ސިފައިންގެ އަސާސީ ތަމްރީނު ކޯހެއްގެ ދަސްވެނިވުން ފާހަގަކުރުމުގެ ގޮތުން ބޭއްވޭ ޝަރަފުގެ ހިނގާލުން އާންމުންނަށް ހުޅުވާލައިގެން މިގޮތަށް ބޭއްވި ފުރަތަމަ ފަހަރު ކަމަށް އެމްއެންޑީއެފުން މަޢުލޫމާތު ދެއްވައެވެ. މީގެކުރިން ސިފައިންގެ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވުމުގެ ޝަރަފުގެ ހިނގާލުންތައް ބާއްވަމުން އައިސްފައިވަނީ ސިފައިންގެ ތަމްރީނު މަރުކަޒުތަކުގައި ނުވަތަ ހެޑްކުއާޓަރގައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: