ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޔާމީނަކީ ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއް ނޫން، ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއްވެސް ނޫން: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ މި ސަރުކާރާއެކު ޑީލް ހަދާނެ ބޭފުޅެއްނޫން ކަމަށާއި ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއްވެސް ނޫން ކަމަށް އިދިކޮޅު ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަދުރޭ މިހެން ވިދާޅުވީ ސަރުކާރާ އެކު “ޑީލެއް” ހަދައިގެން ޖަލުން ސަލާމަތްވާން ރައީސް ޔާމީން ބޭނުންފުޅުނުވިކަން މިއަދު ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމާ ގުޅިގެންނެވެ.

ނަޝީދަށް ރައްދު ދެއްވައި އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރައީސް ޔާމީނަކީ މި އަނިޔާވެރި ސަރުކާރާއެކު ޑީލް ހައްދަވާނެ ބޭފުޅެއްނޫން ކަމަށާއި ގައުމު ދޫކުރައްވާ ފިއްލަވާނެ ބޭފުޅެއްވެސްނޫން ކަމަށެވެ.

“ކަންކަމާ ކުރިމަތި ލުމުގެ ހިތްވަރު ރައީސް ޔާމީނުގެ ހުންނާނެ. އިރާދަ ކުރެއްވިއްޔާ ރައީސް ޔާމީނަކީ ކުށެއްނެތް މައުސޫމު ބޭފުޅެއްކަން ރައްޔިތުންނަށް ސާބިތުވެގެންދާނެ.” އަދުރޭ ވިދާޅުވިއެވެ.

މިއަދު ހަވީރު ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ނަޝީދު ވިދާޅުވީ ރައީސް ޔާމީނަށް މިނިވަންވެވަޑައިގަތުމުގެ ފުރުޞަތު ލިބިވަޑައިގަތުމުން އެ ފުރުޞަތު ބޭނުންނުކުރެއްވި ކަމަށެވެ. ރައީސް ނަޝީދު ޖަލަށް ލުމުން މިނިވަން ވާން ފުރުސަތު ލިބުމުން އެފުރުސަތުގެ ބޭނުން ހިތްޕެވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ، ރައީސް ޔާމީން ހައްޔަރުކޮށްފައި ވަނީ އެމަނިކުފާނައި ގުޅުމެއް އޮވެގެން ނޫން ކަމަށެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: