ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޝިރުމީނާ ރަހީނުކުރި މައްސަލައިގައި ހައްޔަރުކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދަށް

ޝެއާރކޮށްލާ ކަހަލަދޯ؟

ސިރުމީނާ ރަހީނު ކުރި މައްސަލައިގައި ހައްޔަރު ކުރި އެކަކު ޝަރީއަތް ނިމެންދެން ބަންދުކޮށްފިއެވެ.

ރ. ކިނޮޅަސް، ލަގްޒަރީ، ޝިރުމީނާ އަބޫބަކުރު (33އ) ގެއްލިގެން ހޯދަމުން ދަނިކޮށް ފެނުނީ އެއް ދުވަސް ފަހުން ދިރިއުޅޭ ގޭގެ ސިޑި މަތީގައި އޮއްވައެވެ.

މި މައްސަލައިގައި ފުލުހުން ވަނީ 31 އަހަރުގެ ފިރިހެނަކާއި 18 އަހަރުން ދަށުގެ ކުޑަ ކުއްޖަކު ހައްޔަރުކޮށްފައެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ޝިރުމީނާ ރަހީނު ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ގުޅިގެން ހައްޔަރު ކުރި 31 އަހަރުގެ ފިރިހެން މީހާ ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލައިގައި ހައްޔަރު ކުރި 18 އަހަރު ނުފުރޭ ކުޑަ ކުއްޖާ ކޯޓުން ދޫކޮށްލީ ޝަރުތުތަކެއްކޮށްފައި ކަމަށް އޭނާ ވިދާޅުވިއެވެ.

ޝިރުމީނާ ގެއްލިގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވަނީ މިދިޔަ އޮކްޓޯބަރު މަހުގެ 31 ގައެވެ. އަދި ގެއްލިގެން ހޯދަމުން ދިޔަ އަންހެން މީހާ ފެނުނީ ނޮވެމްބަރު އެއް ވަނަ ދުވަހުއެވެ.

 

ވަރަށް ގަދަ
75%ވަރަށް ގަދަ 25%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: