ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ގެނބިގެން ހާލުދެރަވި 13 އަހަރުގެ ކުއްޖަކަށް ސިފައިން އެހީވެއްޖެ

ކޯސްޓްގާޑުގެ ލޯންޗެއް... ފޮޓޯ:އެމްއެންޑީއެފް
ޝެއާރކޮށްލާ ކަހަލަދޯ؟

ގއ.މާނަގަލާ ކައިރިއަށް ގެނބިގެން ހާލު ދެރަވި އުމުރުން 13 އަހަރުގެ ކުއްޖަކަށް ސިފައިން އެހީތެރިކަން އެހީތެރިކަން ފޯރުކޮށްދީފިއެވެ.

މި ހާދިސާގެ ރިޕޯޓު ލިބިފައިވަނީ މިއަދު މެންދުރު 13:53 ހާއިރު ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

އެމްއެންޑީއެފުން ބުނީ އެ ކުއްޖާ އަވަސް ފަރުވާ އަށް އެމްއެންޑީއެފް ސަދަން އޭރިއާ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކު ގއ.އަތޮޅު ހޮސްޕިޓަލަށް ގެންގޮސްދީފައިވާ ކަމަށެވެ.

އެ ކުއްޖާ ހޮސްޕިޓަލަށް ގެންދެވުނީ ނޭވާލާން އުނދަގޫވާތީ އިތުރު އަވަސް ފަރުވާ އަށް ކަމަށާއި މި ކުއްޖާ ގެނބެމުން ދަނިކޮށް ސަލާމަތް ކުރީ އެ ކުއްޖާގެ އާއިލާގެ މީހަކު ކަމަށް އެމްއެންޑީއެފުން ހާމަކުރެއެވެ.

ވަރަށް ގަދަ
100%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: