ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

3،768 ސާމްޕަލް އިން މިއަދު ޕޮޒިޓިވްވީ 30 މީހުން

ރާައްޖޭގައި ކޮވިޑު ބަލި ޖެހޭ މީހުންގެ އަދަދުތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުން
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 އަށް މިއަދު  ޕޮޒިޓިވްވެފައިވަނީ 30 މީހުންނެވެ.

 މިއަދު ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 10 މީހުންނަކީ މާލެ ސަރަހައްދުން ވައިރަސް އަށް ޕޮޒިޓިވްވި މީހުންނެވެ. އޭގެއިތުރުން ދެން ޕޮޒިޓިވްވެފައިވަނީ މީހުން ދިރިއުޅޭ ރަށްރަށުން ހަ މީހުންނާއި ރިޒޯޓުތަކުން ފަސް މީހުންގެ އިތުރުން ލިވަބޯޑުން އެކަކާއި ތަރައްގީ ކުރާ ރަށްރަށުން ހަތް މީހުން އަދި އިންޑަސްޓްރިއަލް ރަށްރަށުން އެކަކެވެ.

އަލަށް ޕޮޒިޓިވްވި މީހުންނާއެކު ރާއްޖެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު ވަނީ މިހާރު 13،474 އަށް އަރާފައެވެ.

ބަލިން ރަނގަޅުވި މީހުންގެ ޖުމްލަ އަކީ 12،878 އެވެ. މިދިޔަ 24 ގަޑިއރު ތެރޭ 42 މީހަކު ބަލިން ރަނަގަޅުވެފައި ވެއެވެ.

ހޮސްޕިޓަލުތަކުގައި 47 މީހަކު ފަރުވާ ހޯދަމުންދާއިރު މިވަގުތު ޖުމްލަ 541 މީހުން ބައްޔަށް ފަރުވާ ހޯދަމުން އެބަދެއެވެ.

މި ބަލީގައި މިހާތަނަށް 48 މީހަކު ރާއްޖޭގައި މަރުވެފައި ވެއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: