ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކަރަންޓީން ނުވެ ރަށްރަށަށް ދެވޭނީ ފުލުހުންގެ ހުއްދަ ހޯދައިގެން

ރަށަށް އެނބުރިދާ އެންމެ ވެސް ކަރަންޓީން ކުރެވޭނެ: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ކޮންމެހެން ދޭން ޖެހޭ ހިދުތްތަކެއް ދިނުމަށް، ކޮވިޑް-19 ފެތުރިފައިވާ ރަށަކުން، ކަރަންޓީން ނުވެ ކުރު މުއްދަތަކަށް އެހެން ރަށްރަށަށް ދަތުރު ކުރާ މީހުންނަށް ދަތުރު ކުރެވޭނީ ފުލުހުންގެ ހުއްދައާއި އެކުގައި ކަަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ)އިން ވިދާޅުވެއްޖެ އެވެ.

އެޗްޕީއޭއިން މިއަދު އާއްމު ކުރި އުސޫލުގައި ފުލުހުންނަށް ހުއްދައެއް އެދި އީމެއިލް ކުރަން ޖެހޭ ކަމަށް ބަޔާންކޮށްފައިވާއިރު، އީއޯސީއަށްވެސް މެއިލް ކުރަން ކުރަން ޖެހެއެވެ. އަދި ހުއްދައަށް އެދި ފުލުހަށާއި، ހުއްދަ ދިނުމުގައި އީއޯސީ މެއިލްއަށާއި، ދަތުރު ކުރުމަށް އެދިފައިވާ ރަށެއްގެ ކައުންސިލަށް ކޮޕީ ކުރަން ވާނެ ކަމަށްވެސް ވިދާޅުވެފައި ވެއެވެ.

ފުލުހުންނަށް އީމެއިލް ކުރަން ޖެހޭނީ neoc@police.gov.mv އަށެވެ. އީއޯސީއަށް އީމެއިލް ކުރަން ޖެހޭނީ eoclegal@health.gov.mv އަށެވެ.

އެޗްޕީއޭ އިން ވިދާޅުވީ، އެ ހުއްދަ ދޭނީ ކޭބަލް އަދި މީޑިއާ ނެޓްވާރކްގެ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ބޭންކުގެ ޚިދުމަތްތައް ފަރާތްތަކަށާއި ވޯޓަރ ސަޕްލައި، ކަރަންޓުފަދަ ޔުޓިލިޓީ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، ޞިއްޙީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ދޭންޖެހޭ ޚިދުމަތްތައް ދޭ ފަރާތްތަކަށާއި، މެއިންޓެނަންސް މަސައްކަތްތައް ކުރާ ފަރާތްތަކަށާއި، ސަރުކާރުންނާއި އަމިއްލަ ފަރާތްތަކުން ރަށްރަށުގައި ހިންގާ ޕްރޮޖެކްޓް މަސައްކަތް ކުރާ ފަރާތްތަކުގެ އިތުރުން، މިނޫންވެސް އާންމު ޚިދުމަތްތަކާގުޅޭ އެހެނިހެން މަސައްކަތްތައް ކުރާ ފަރާތްތަކަށެވެ.

ވަރަށް ގަދަ
17%ވަރަށް ގަދަ 17%ވަރަށް ގަޔާވޭ 50%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 17%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

One Response

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: