ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ޕޮޒިޓިވްވީ 19 މީހުން

ކޮވިޑަށް ޓެސްޓުކުރުމަށް ސާމްޕަލް ނަގަނީ
ޝެއާރކޮށްލާ ކަހަލަދޯ؟
ކޮވިޑް 19 އަށް ރާއްޖެއިން މިއަދު އިތުރު 19 މީހުން ޕޮޒިޓިވްވެއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ކޮވިޑަށް ޓެސްޓްކުރި 3149 ސާމްޕަލްގެ ތެރެއިން 19 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއަދު ފެނުނު 19 ކޭސްގެ ތެރެއިން 10 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި ހަ ކޭސް ފެނުނީ އަތޮޅު ތަކުންނެވެ. އޭގެ އިތުރުން ރިސޯޓެއްގެ ގޮތުގައި ތަރައްގީ ކުރަމުންދާ ރަށަކުން ދެ މީހަކު އަދި އިންޑަސްޓްރިއަލް ރަށަކުން އެކަކު ވަނީ ޕޮޒިޓިވްވެފައެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،493 އަށް އަރައިފައެވެ.

މިހާތަނަށް ކޮވިޑް ޖެހިގެން 48 މީހުން ވަނީ މަރުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: