ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޓޫރިސްޓް ފެސިލިޓީތަކުން ގައިޑްލައިންތަކަށް ސަމާލުކަންދިނުމަށް އިލްތިމާސްކޮށްފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފަތުރުވެރިންނަށް ޙިދުމަތް ދޭ ތަންތަނުން ގައިޑްލައިންތަކަށް ސަމާލުކަން ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

މިގޮތަށް މިނިސްޓްރީން އިލްތިމާސްކޮށްފައި މިވަނީ، އިނގިރޭސީވިލާތުގައި ކޮވިޑް-19ގެ އާ ސްޓްރެއިންއެއް ފެތުރެމުންދާކަމުގެ މައުލޫމާތު ލިބިފައިވާކަމަށް އެޗްއީއޯސީން ބުނެފައިވަނިކޮށެވެ.

ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނަށް ފޮނުވި ސާކިއުލާއްގައި ވަނީ ފަތުރުވެރިންނަށް ޙިދުމަތްދޭ ތަންތަނުގައި ހެދިފައިވާ އިމަޖަންސީ ޕްލޭންތަކަކަކީ ކޮންމެ ވަގުތަކުވެސް ތަންފީޒުކުރެވޭ ޕްލޭންތަކެއްކަން ކަށަވަރުކުރަން ޖެހޭ ކަމަށެވެ.

މީގެ އިތުރުން ފަތުރުވެރިންނާއި އެތަންތަނުގެ މުވައްޒަފުން މޫދުގައި އުޅޭއިރު، އިތުރަށް ސަމާލުކަން ދިނުމަށް ޓުއަރިޒަމް މިނިސްޓްރީން ވަނީ އިލްތިމާސްކޮށްފައެވެ. އަދި ހަމައެއާއެކު އެޗްޕީއޭ އަދި ޓުއަރިޒަމް މިނިސްޓްރީން ކަނޑައަޅާފައިވާ ޕްރޮޓޮކޯލްތަކާއި ގައިޑްލައިންތައް ފުރިހަމައަށް ތަންފީޒުކުރުމަށް އަހަމިއްޔަތުކަން ދިނުމަށް މިނިސްޓްރީން ވަނީ އިލްތިމާސް ކޮށްފައެެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: