ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ހިޔާލުތަފާތުވާ ކޮންމެ މީހަކު ވަޒީފާއިން ވަކިކުރުމަކީ ސަގާފަތަކަށް ހަދައިފި: އިދިކޮޅު

އިދިކޮޅު ލީޑަރުން
ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ރައްކާތެރިކަމެއް ނެތް ކަމަށާއި ސަރުކާރުގެ ލާއިންސާނީ އަމަލުތަކުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެފައިވާ ކަމަށް އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ބުނެފިއެވެ.

އެ ކޯލިޝަނުން މިހެން ބުނެފައިމިވަނީ ޕީޕީއެމްގެ ކައުންސިލް މެމްބަރު ސޫދާ އަބްދުﷲ އެމްޕީއެލްގެ ވަޒީފާ އިން އިއްޔެ ވަކިކުރުމާ ގުޅިގެން ނެރުނު ބަޔާނެއްގައެވެ.

އެގޮތުން އެ ބަޔާނުގައި ބުނީ މި ސަރުކާރު ވެރިކަމަށް އައީ ވަޒީފާގެ ބިރުވެރިކަން ނައްތާލުމަށާއި، ވަކި ސިޔާސީ ކުލައަކަށް ވަކި ފިކުރަކަށް ތާއީދުކުރާ ފަރާތްތަކަށް ވެސް ވަޒީފާގެ ރައްކާތެރިކަން އޮންނާނެ ކަމަށް ބުނަމުން ކަމަށެވެ. ނަމަވެސް ވެރިކަން ލިބުމާއެކު ރާއްޖޭގެ އެކިކަންކޮޅުތަކުގައި ތިބި އެ ކޯލިޝަނަށް ތާއީދުކުރާ ފަރާތްތަކަށް ބިރު ދައްކާ ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނެފައިވެއެވެ.

“މި ކޯލިޝަނަށް ނިސްބަތް ނުވި ކަމުގައިވިޔަސް މި ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހިގެން ހިޔާލުފާޅުކުރާ އެތައް ބަޔަކު ވަޒީފާ އިން ކަނޑަމުންދާ ކަމީވެސް ކޯލިޝަނުން ކަންބޮޑުވާ ކަމެއް” އެ ބަޔާނުގައި ވެއެވެ.

މީގެއިތުރުން ސަރުކާރުގެ ލާއިންސާނީ މި އަމަލުތަކުގެ ސަބަބުން އެތައް އާއިލާއެއް ބިކަވެ، ނިކަމެތިވަމުންދާ ކަމަށާއި އެހެންކަމުން މިފަދަ އަމަލުތައް ހުއްޓާލައި، ވަޒީފާ އަދާކުރާ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ކަށަވަރުކޮށްދިނުމަށް އިދިކޮޅުން ވަނީ ސަރުކާރަށް ގޮވާލާފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 50%ވަރަށް ދެރަ 50%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: