ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިނގިރޭސިވިލާތުން ރާއްޖެއަށް ދަތުރުކުރުން ހުއްޓާލުމަށް އަދުރޭ ގޮވާލައިފި

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

އިނގިރޭސި ވިލާތުން ކޮވިޑްގެ މުޅިން އާ ވައްތަރެއް ފެނުމާ ގުޅިގެން އެ ގައުމުން ރާއްޖެއަށް ދަތުރު ނުކުރެވޭ ގޮތް ހެދުމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ގޮވާލައިފިއެވެ.

އަދުރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ކޮވިޑުގެ މުޅިން އާ ވައްތަރެއް އިނގިރޭސިވިލާތުން ފެނި އެކަމަށް ރައްކާތެރިކަމުގެ ފިޔަވަޅު ދުނިޔޭގެ އެކި ޤައުމުތަކުން އަޅަމުންދާކަމަށެވެ. އެކި ޤައުމުތަކުން އެޤައުމަށް ދަތުރުކުރުމާއި، އެޤައުމުން އެހެން ޤައުމުތަކަށް ދަތުރުކުރުން ހުއްޓާލަމުންދާއިރު މިކަމުގައި ދިވެހި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް އަދުރޭ ވިދާޅުވިއެވެ.

އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ވަނީ އެގައުމުން ފެނުނު ކޮރޯނާވައިރަސް ސްޓްރެއިން، އާއްމުކޮށް ފެންނަ ސްޓްރެއިންނަށް ވުރެ ހަލުވި ކަމާއެކު ފެތުރޭ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް އާ ސްޓްރެއިންގެ ސަބަބުން ބަލީގައި މީހުން މަރުވުމުގެ ފުރުސަތު އިތުރުވާ ކަމުގެ ނުވަތަ އޭތި ވެކްސިންއަށް ނުގުޑާނެ ކަމުގެ އެއްވެސް ހެއްކެއް ފެނިފައި ނުވާ ކަމަށް އެގައުމުގެ ޗީފް މެޑިކަލް އޮފިސާ ކްރިސް ވިޓީ ވިދާޅުވި އެވެ.

އެ ސްޓްރެއިންގެ ސަބަބުން އިނގިރޭސިވިލާތުގެ ދަތުރުތައް މަޑުޖައްސާލި 40އަށް ވުރެ ގިނަ ގައުމުތަކުގެ ތެރޭގައި އިންޑިއާ ހިމެނެ އެވެ. އަދި ސައުދީން ވަނީ ހަފްތާއެއް ވަންދެން އެގައުމުގެ ވަޔާއި ކަނޑާއި އެއްގަމުގެ ބޯޑަރުތައް ބަންދުކޮށްފަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: