ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ޕެންޝަން އޮފީހަށް ބޭރު މީހަކު ލުމަކީ ދިވެހިންނަށް ކުރި މަލާމާތެއް: ސަލީމް

އޭދަފުށީ ދާއިރާގެ މެމްބަރު ރެޑްވޭވް އަހުމަދު ސަލީމް: ފައިލް ފޮޓޯ
ޝެއާރކޮށްލާ ކަހަލަދޯ؟

ޕެންޝަން އޮފީހުގެ ސީއީއޯގެ މަގާމަށް ބޭރު މީހަކު ހަމަޖެއްސުމަކީ ދިވެހިންނަށް ކުރި މަލާމާތެެއް ކަމަށް އޭދަފުށި ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ޕީޖީ ގްރޫޕްގެ ލީޑަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

ޕެންޝަން އޮފީހުގެ އާ ސީއީއޯގެ މަގާމަށް އައްޔަން ކޮށްފައިވަނީ އިނގިރޭސިވިލާތަށް ނިސްބަތްވާ ޖޯން ގްރިންޑަލްއެވެ.

މިކަމާ ގުޅިގެން ސަލީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ދިވެހިންނަށް މި ސަރުކާރުން ކުރާ މަލާމާތެއް ކަމަށާއި މިއީ ތަންފުކެއް ބޮޑުވަރު ކަމަށެވެ.

ސަލީމްގެ އިތުރުން ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ވެސް ވަނީ އެ މަގާމަށް ބޭރު މީހަކު ހަމަޖެއްސުމުން ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އެގޮތުން އެ ވަޒީފާ އަދާކުރެވޭނެ އެތައް ދިވެހިންނަށް އެބަތިބި ކަމަށް އަލީ ވިދާޅުވިއެވެ.

ޕެންޝަން އޮފީހުން ބުނީ އިންޝުއަރެންސާއި ޕެންޝަންގެ ދާއިރާގައި 25 އަހަރު ތަޖުރިބާ ހޯއްދަވާފައިވާ ގްރިންޑަލް އަކީ ކޮމްޕްރޭ ގްރޫޕް މޯލްޓާގެ ޗީފް އޮޕަރޭޓިން އޮފިސަރު ކަމާއި މޯލްޓާ ފައިނޭންޝަލް ސާވިސަސް އޮތޯރިޓީގެ އިންޓަރިމް ޗީފް އެކްޗުއަރީގެ މަގާމު އަދި ލޯއިޑްސް ބޭންކިން ގްރޫޕުގެ ސީނިއާ އެކްޗުއަރީގެ މަގާމު އަދާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ.

އޭގެ އިތުރުން އޭނާ އަކީ ޕެންޝަނާ ގުޅޭ އިންވެސްޓްމަންޓް ރިސްކް މޮޑެލިންގެ ދާއިރާގައި ތަޖުރިބާކާރެއް ކަމަށް ޕެންޝަން އޮފީހުން ބުންޏެވެ.

ޕެންޝަން އޮފީހުގެ ސީއީއޯ މަގާމުގައި އެންމެ ފަހުން ހުންނެވީ މުހައްމަދު ހުސައިން މަނިކު އެވެ

ވަރަށް ގަދަ
0%ވަރަށް ގަދަ 100%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: