ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އެހެން ދީންތަކުގެ މުނާސަބަތުގައި ތަހުނިޔާ ކިޔުމަކުން މައްސަލައެއް ނެތް: އަސްލަމް

ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުޙައްމަދު އަސްލަމް
ޝެއާރކޮށްލާ ކަހަލަދޯ؟

އެހެނިހެން ދީންތަކުގެ މީހުންނަށް އެމީހުންގެ އެކިއެކި މުނާސަބަތުގައި ތަހުނިޔާ ކިޔުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށް ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ކްރިސްމަސް ފާހަގަކުރި ފަރާތްތަކަށް އެ ދުވަހުގެ ތަހުނިޔާ ރައްޔިތުންގެ މަޖިލީހުގެ ރައީސް ނަޝީދު ފޮނުއްވުމުން އެކަމަށް ޑރ. މުހައްމަދު އިޔާޒު ވަނީ ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ވަނީ ޓްވީޓުތަކެއް ކުރައްވާފައެވެ. އެގޮތުން ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން ވެސް އިޔާޒު ވަނީ ޓްވީޓެއް ކުރައްވާފައެވެ.

އެކަމާ ގުޅިގެން އަސްލަމް މިއަދު ވިދާޅުވީ ބަވަނަވެފައިވާ ދުނިޔޭގެ އެކި ޤައުމުތަކުގައި އެކި ދީންތަކުގެ މީހުން އުޅެމުންދާއިރު އަދި ސުލްހައިގެ އަހުދު މަތީގައި ދިވެހިން ތިބިއިރު، އެހެނިހެން ދީންތަކުގެ މީހުންނަށް އެމީހުންގެ އެކިއެކި މުނާސަބަތުގައި ތަހުނިޔާ ކިޔުމަކީ މައްސަލައެއް ކަމަށް ނުދެކޭ ކަމަށެވެ.

ނަޝީދަކީ އިސްލާމްދީނުގެ އަދުއްވެއްކަމަށް ދޭހަވާ އިބާރާތަކުން އިޔާޒު ޓްވީޓެއް ކުރެއްވުމުން އެމްޑީޕީގެ ބައެއް މަޖިލިސް މެމްބަރުން އަންނަނީ އިޔާޒަށް ފާޑު ވިދާޅުވެ ޓްވީޓުތައް ކުރައްވަމުންނެވެ.

އެގޮތުން ބައެއް މެމްބަރުން ވަނީ މީހުންގެ އަގީދާ މިނެ ކިރުމަކީ އިޔާޒަށް އޮތް ކަމެއް ނޫން ކަމަށާއި އިޔާޒުގެ ވާހަކަތަކުގެ ސަބަބުން ފިތުނަ އުފެދުމަށް މަގުފަހިވާ ކަމަށް ވިދާޅުވެފައެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: