ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިން ހާލުގައި ޖެއްސީ އެމްޑީޕީން: އަބްދުއްރަހީމް

ޕީއެންސީގެ ރައީސް އަބްދުލް ރަހީމް އަބްދުﷲ (އަދުރޭ) : ފޮޓޯ އަވަސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިން ހާލުގައި ޖެއްސި ބަޔަކީ ސަރުކާރު ހިންގާ އެމްޑީޕީ ކަމަށް ޕީއެންސީގެ ރަައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެ އެވެ.

އިދިކޮޅު ކޯލިޝަނުން މިރޭ ބޭއްވި “ވިސްނާ” ޖަލްސާގައި ވާހަކަ ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ ރަައީސް ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ދެކޮޅަށް އޭރުގެ އިދިކޮޅުގައި އޮތް އެމްޑީޕީގެ އިސް ބޭފުޅުން ރާއްޖެއަށް ބޭރަށް ވަޑައިގެން ގައުމާއި ރައްޔިތުންނަށް ނިކަމެތިކަން ލިބޭނެ ގޮތަށް އެތަށް ކަމެއް ކޮށްފައިވާ ކަމަށެވެ.

އެމްޑީޕީގެ ވާހަކަތައް އަޑުއަހައިގެން ޔޫރަޕްގެ ގައުމުތަކުން ދިވެހި މަސް ގަތުން ހުއްޓާލި ކަމަށާ އަލުން އެކަން ފަށާނީ އިސްލާމްދީނުގެ އުސޫލުތަކާއި ހިލާފު ކަންކަމަށް ރާއްޖޭގައި ފުރުސަތު ހުޅުވާލުމުން ކަމަށް ބުނެ އެކަމަށް ޝަރުތުކުރި ކަމަށެވެ

“މިފްކޯ ހާލުގައި ޖެހިގެނެއް ނޫން ދިވެހި މަސްވެރިން ބާނާ މަސްކޮޅު ނުކިރިގެން މި އުޅެނީއެއް. ދިވެހި މަސްވެރިން ހާލުގައި ޖެއްސީ މިއަދު ވެރިކަމުގައި މިތިބަ މީހުން”

އަބްދުއްރަހީމް ވިދާޅުވީ އެމްޑީޕީ ވެރިކަމަށް އައިސް ރާއްޖެ-ޗައިނާ ވިޔަފާރި އެއްބަސްވުމަށް އަމަލު ކުރުން ހުއްޓާލުމަކީ މަސްވެރިން ހާލުގައި ޖެހުނު ސަބަބު ކަމަށެވެ. އެ އެއްބަސްވުމަށް އަމަލުކުރި ނަމަ މަސްވެރިން ކިތަންމެ މަހެއް ބޭނިޔަސް ނުކުރި އަދި ފައިސާ ނުލިބި ތިބެން ނުޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: