ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އިންތިހާބާމެެދު ސަރުކާރުން ބަހެއް ނުބުނެ އޮތުމަކީ ސީރިއަސް މައްސަލައެއް: އާދަމް ޝަރީފް

ޝެއާރކޮށްލާ ކަހަލަދޯ؟

ކައުންސިލް އިންތިހާބުގެ މައްސަލާގައި ސަރުކާރުން ބަހެއް ނުބުނެ ތިބުމަކީ ސީރިއަސް މައްސަލައެއް ކަމަށް މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.

ކައުންސިލް އިންތިޚާބު ބޭއްވުމަށް ޤާނޫނީ ގޮތުން ކުރިމަތިވެފައިވާ ހުރަސްތަކާއި ގުޅިގެން މިކަމުގައި ސަރުކާރުން ޒިންމާދާރު އެއްވެސް ޖަވާބެއް ނުދީ ހިމޭނުން ތިބޭ މައްސަލާގައި އާދަމް ޝަރީފް ވިދާޅުވީ ސަރުކާރުގެ ފުލް ކޮންޓްރޯލް މަޖިލީހުގައާއި، މިނިވަން މުއައްސަސާތަކުގައި އޮވެ، އިންތިޚާބު ބޭއްވޭނެ މަގެއް ފަހި ނުކޮށްދިނުމަކީ ސީރިއަސް މައްސަލައެއް ކަމަށެވެ.

 ޝަރީފު އިތުރު ޓްވީޓެއް ކުރައްވައި ވިދާޅުވީ ކައުންސިލް އިންތިހާބު ބާއްވަން ގާނޫނަށް އިސްލާހު ގެނައުމަށް ޓަކައި ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަކީ މަޖިލީހުގެ ގަވައިދާ އެއްގޮތަށް ކުރެވޭނެ ކަމެއް ކަމަށެވެ.

މީގެ އިތުރުން ޝަރީފް ވަނީ ރައްޔިތުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާ އަމާޒުކޮށް، ސުޕާ މެޖޯރިިޓީ މި ސަރުކާރަށް އޮންނައިރު ސަރުކާރުން އެދެފިނަމަ، ރައްޔިތުން މަޖިލީހުގައި ކައުންސިލް އިންތިހާބަށް އެޅިފައި އޮތް މަރުތަޅު ނައްޓުވާ ނުލެއްވޭނެތޯ ސުވާލެއް ކުރިމަތި ކުރައްވާފަ އެވެ.

ކޮވިޑް-19އާ ގުޅިގެން ކައުންސިލް އިންތިހާބު ފަސް ކުރުމާއި ގުޅިގެން އުފެދިފައިވާ ގާނޫނީ މައްސަލަތަކަށް ހައްލު ހޯދުމަށް މަޖިލީހުން ވަނީ ސަންސެޓް ގާނޫނެއް ފާސް ކޮށްފައެވެ. އެ ގާނޫނު ބުނާ ގޮތުން ތަސްދީގު ކުރާތާ އަހަރު ދުވަސްތެރޭ އިންތިހާބު ބާއްވަން ޖެހެ އެވެ. އެހެންވީމަ މެއި މަހުގެ ނުވަ ވަނަ ދުވަހުގެ ކުރިން އިންތިހާބު ބާއްވަން ޖެހެއެވެ. އެހެންކަމުން އީސީން އަންނަނީ އިންތިހާބު ބާއްވަން ޖެހޭ މުއްދަތު ގާތްވާއިރު އަދިވެސް ކުއްލި ނުރައްކަލުގެ ހާލަތު އުވާ ނުލާތީ ކަންބޮޑުވުން ފާޅު ކުރަމުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: