ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރައީސް ސޯލިހުގެ ހިތް ވަރަށް ބަލި، އެވަރުން ވެރިކަމެއް ނުކުރެވޭނެ: އަދުރޭ

ޝެއާރކޮށްލާ ކަހަލަދޯ؟

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަކީ ވެރިކަން ކުރެވޭ ވަރަށްވުރެ ހިތްބަލި ބޭފުޅެއް ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބް ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިދިކޮޅު ކޯލިޝަނުން ޅ. ނައިފަރު ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އަދުރޭ ވިދާޅުވީ ރައީސް ސޯލިހު ހަޔާތްޕުޅުގައި އޮތީ މުޅިންވެސް ރުއިންކަމަށާއި އެމަަނިކުފާނަކީ ޤައުމެއްގެ ވެރިކަން ކުރެވޭ ވަރަށް ވުރެ ހިތްބަލި ބޭފުޅެއްކަމަށެވެ.

“އަޅުގަނޑު ނެތިން ރައީސް ޞާލިހުގެ ވާހަކަ ދައްކާކަށް. އެމަނިކުފާނުގެ އެންމެ ތުއްޕުޅު އިރުން ފެށިގެން މިހިސާބަށްވެސް އޮތީ މުޅިން ރުއިން. ކުޑަ އިރުވެސް ރުއީ، ފަޒުނާއާއި، ދިމާވެގެންވެސް ރުއީ، އެކީގައި އުޅެމުންވެސް ރުއީ، ކަމެއް ދިމާވުމުންވެސް ރޮނީ. ރުއިން ނޫންކަމެއްނެތް. ކޮން ވަގުތަކުތޯ ހެވިފައި ހުންނާނީ.” އަދުރޭ ވިދާޅުވިއެވެ.

އަދުރޭ މިފަދަ ވާހަކަ ދައްކަވާފައިވަނީ ދިވެހި ރާއްޖޭގެ އަޑުގެ 58 ވަނަ އަހަރީ ދުވަހުގެ މުނާސަބަތުގައި އަޑު ގެނެސްދޭ “ބާއްޖަވެރި ހެނދުނެއް” ޕްރޮގުރާމުގައި ދެއްކެވި ވާހަތަކާއި ގުޅިގެންނެވެ.

އެގޮތުން ރައީސް ސޯލިހު ވިދާޅުވެފައިވަނީ އުމުރުން އެންމެ 10 އަހަރުގައި މާލެއަށް ބަދަލުވެ ވަޑައިގެންނެވީ ތައުލީމު ހާސިލް ކުރެއްވުމަށްކަމަށެވެ. މާމާފުޅާއިއެކު މާލެ ވަޑައިގެން އެންމެ ފުރަތަމަ ބެހެއްޓީ މިހާރުގެ އަނބިކަބަލުން ފަޒުނާމެން ގޭގައި ކަމަށާއި، ނަމަވެސް އެގޭގައި ނުހުންނަވަން އެރޭ 12 ޖަހަންދެން ރޮއި ހެއްދެވިކަމަށެވެ. އަދި އެގޭގައި ނުހުންނަވަން ކުރި މަސައްކަތުން ބައްޕަ އެންމެފަހުން އެހެން ގެއަށްކަމަށް ބަދަލު ކުރެއްވިކަމަށެވެ.

ވަރަށް ގަދަ
8%ވަރަށް ގަދަ 8%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 17%ހައިރާންވެއްޖެ 33%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: