ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ކޮވިޑްގެ އާ ވޭރިއަންޓް ރާއްޖެ އައުމުގެ ފުރުސަތު ބޮޑު

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19 ގެ އާ ވޭރިއަންޓް ރާއްޖެ އައުމުގެ ފުރުސަތު ބޮޑު ކަމަށް ޕީޑިއޮޓްރިކް އިންފެކްޝަންސް އެކްސްޕާޓް، ޑރ. ނަޒްލާ މުސްތަފާ ވިދާޅުވެއްޖެއެވެ.

މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނަޒްލާ ވިދާޅުވީ މި ވޭރިއަންޓަކީ ވަރަށް ފަސޭހައިން އެކަކުގެ ގައިން އަނެކަކުގެ ގަޔަށް ވާސިލުވާ ކަމަށާއި އެގޮތުން ގައިދުރުކަމުގެ ފިޔަވަޅުތަކާއި މާސްކު އެޅުން ފަދަ ކަންކަން ފަސޭހަކޮށްލައިފިނަމަ މި ވޭރިއަންޓް ފެތުރުމުގެ ފުރުސަތު ބޮޑު ކަމަށެވެ.

އަދި ރާއްޖެ އަކީ ޔޫކޭގެ އިތުރުން ވެސް އެހެން ގައުމުތަކަށް ދަތުރުކޮށްފައި އަންނަ މީހުން ވެސް އަންނަ ތަނަކަށް ވާއިރު ގައިޑްލައިންތަކަށް ސަމާލުވާންޖެހޭކަން ނަޒްލާ ފާހަގަކުރެއްވިއެވެ.

“އެކަމަކު ވިސްނާލަން ވާނެ ބޮޑަށް ފެތުރޭ އެއްޗަކުން ގިނަ މީހުން ހޮސްޕިޓަލައިޒް ކުރަން ޖެހޭނެކަން. ނަމްބަރު އިތުރުވާނެކަން. އެހެންވީމަ އަޅުގަނޑުމެންގެ ސިއްހީ ނިޒާމަކީ އެހާ ވަރުގަދަ އެއްޗެއް ނޫން” ނަޒްލާ ވިދާޅުވިއެވެ.

ޔޫކޭ އިން ފެންނަމުންދާ ކޮވިޑްގެ އާ ވޭރިއަންޓް ދުނިޔޭގެ އެކި ގައުމުތަކުން މިހާރު އަންނަނީ ފެންނަމުންނެވެ. އެގޮތުން ރާއްޖޭގެ އަވަށްޓެރި އިންޑިއާ އާއި ޕާކިސްތާނުން ވެސް މިހާރު ވަނީ މި ވޭރިއަންޓް ފެނިފައެވެ. މި ވޭރިއަންޓް މިހާތަނަށް ފެނިފައިވަނީ ޔޫކޭ އިން އަންނަ މީހުންގެ ފަރާތުންނެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: