ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ފުވައްމުލަކު ރިންގް ރޯޑުގެ މަސައްކަތް ނިންމާލައިފި

ޝެއާރކޮށްލާ ކަހަލަދޯ؟

ފުވައްމުލައް ސިޓީގެ ރިންގް ރޯޑު ތަރައްޤީކުރުމުގެ މަސައްކަތް ނިންމާލައިފިއެވެ.

އެމްޓީސީސީން ބުނީ މި މަޝްރޫއުގެ މަސައްކަތް ނިމިފައިވަނީ އިއްޔެ ކަމަށެވެ. މި ޕްރޮޖެކްޓަކަށް 37.19 މިލިއަން ރުފިޔާ ހަރަދުކޮށްފައިވެއެވެ.

މި މަޝްރޫއުގެ ދަށުން ފުވައްމުލަކު ރިންގް ރޯޑުގެ 20،650 އަކަމީޓަރުގެ ސަރަހައްދެއްގައި ތާރު އަޅައި ތަރައްގީކޮށްފައިވެއެވެ. ރިންގް ރޯޑުގައި ތާރު އެޅުމުގެ އިތުރުން ލެޑް ބައްތި ޖެހުމާއި ފެން ހިންދާ ނިޒާމު ތަރައްގީ ކުރުމުގެ މަސައްކަތް ވެސް ވަނީ ކޮށްފައެވެ.

މީގެ ކުރިން އެމްއާރުޑީސީއާ ހަވާލުކޮށްފައިވާ ފުވައްމުލަކު ވަށައިގެންވާ ރިންގް ރޯޑް އަދި އެތެރޭގެ މަގު ހެދުމުގެ މަސައްކަތް، މި ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްފައި ވަނީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގަ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: