ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ވަޒީފާގެ ބިރުދައްކައިގެން ކުރާ މަސައްކަތެއް ނުހުއްޓުވޭނެ: އިޔާޒު

ޝެއާރކޮށްލާ ކަހަލަދޯ؟

ވަޒީފާގެ ބިރު ދައްކައިގެން ކުރަމުންދާ މަސައްކަތް ހުއްޓާ ނުލެވޭނެ ކަމަށް ޑރ. މުހައްމަދު އިޔާޒު ވިދާޅުވެއްޖެއެވެ.

އިޔާޒް މިހެން ވިދާޅުވީ އޭނާ ކުރައްވާ ބައެއް ޓްވީޓްތަކަކީ ސިޔާސީ ޓްވީޓްތަކެއް ކަމަަށާ އެ ޓްވީޓްތަކުގެ ސަބަބުން ގައުމީ ޔުނިވާސިޓީގެ އަބުރާއި އިއްޒަތާއި ގަދަރަށް ހީނަރުކަން އަންނަ ކަމަށް ބުނެ އެ ޔުނިވާސިޓީން އޭނާއަށް އިންޒާރު ދިނުމާ ގުޅިގެންނެވެ.

މިކަމާ ގުޅިގެން އިޔާޒް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ވަޒީފާއިން ވަކިކޮށްފާނެ ކަމުގެ ބިރު ދައްކައިގެން އޭނާ ކުރާ މަސައްކަތެއް ހުއްޓުވައެއް ނުލެވޭނެ ކަމަށާއި ރިޒުޤު ދެއްވާނީ ﷲ ކަމަށެވެ.

އިޔާޒަކީ ގައުމީ ޔުނިވާސިޓީގެ ފެކަލްޓީ އޮފް ޝަރީއާ އެންޑް ލޯ ގެ އެސިސްޓެންޓް ޕްރޮފެސަރު/ސީނިއާ ލެކްޗަރާ އެކެވެ.

ގައުމީ ޔުނިވާސިޓީން މިމަހުގެ 29 ވަނަ ދުވަހު އިޔާޒަށް ފޮނުވާފައިވާ އެންގުމެއްގައި ބުނެފައިވަނީ އިޔާޒްގެ ޓްވިޓާ ހެންޑްލްގައި ޔުނިވާސިޓީގެ އެސިސްޓެންޓް ޕްރޮފެސަރެއް ކަމަށް ޖައްސަވާފައިވާއިރު ކުރައްވާ ސިޔާސީ ކޮމެންޓެއް ކަމަށް ބެލެވިދާނެ ކޮންމެ ޓްވީޓެއްގެ މުގައްދިމާއެއްގެ ގޮތުގައި ޓްވީޓް ކުރައްވަނީ އަމިއްލަ ހައިސިއްޔަތުންކަން ފާހަގަ ނުކުރައްވާނަމަ އެކަން ބެލެވޭނީ ގައުމީ ޔުނިވާސިޓީގެ ކައުންސިލުން އަމަލު ކުރަމުން ގެންދާ ކޮލެޖް ކައުންސިލްގެ މާއްދާތަކާއި ހިލާފުވީ ކަމަށެވެ.

ވަރަށް ގަދަ
67%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 33%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: