ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

2020 އަކީ އެމްޓީސީސީއިން ތާރީހުގައި ވެސް އެންމެ ގިނަ ޕްރޮޖެކްޓުތައް ނިންމި އަހަރު: އާޒިމް

އެމްޓީސީސީއިން ހޯރަފުށީ އެއާޕޯޓު ތަރައްގީ ކުރުބް/ ފޮޓޯ: ސަންގު
ޝެއާރކޮށްލާ ކަހަލަދޯ؟

2020 ވަނަ އަހަރަކީ މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ ތާރީހުގެ ތެރޭގައި ވެސް އެންމެ ގިނަ މަޝްރޫއުތައް ކުރިޔަށް ގެންގޮސް ނިންމާފައިވާ އަހަރުކަމަށް ކުންފުނީގެ ސީއީއޯ އާދަމް އާޒިމް ވިދާޅުވެއްޖެއެވެ.

އެމްޓީސީސީއިން މި އަހަރުގެ ތިން ވަނަ ކުއާޓަރުގައި ސާފު ފައިދާއެއްގެ ގޮތުގައި 50 މިލިއަން ރުފިޔާ ހޯދިއެވެ. މިއީ ކުންފުނީގެ ތާރީހުގައި ވެސް ލިބުނު އެންމެ ބޮޑު ކާމިޔާބީއެވެ. އާޒިމް ވަނީ މުޅި އަހަރުގެ ފައިދާއެއްގެ ގޮތުގައި 200 މިލިއަން ރުފިޔާ ލިބޭނެކަމަށް ލަފާ ކުރައްވާފައެވެ. އަދި ކޮންމެ އަހަރަކު ވެސް ލިބޭ އާމްދަނީ 50 މިލިއަނުން އިތުރުވާނެ ގޮތަށް މަސައްކަތްތައް ބައްޓަން ކުރެވިގެންދާނެ ކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ.

އާޒިމް ވިދާޅުވީ އޭނާގެ އެންމެ ބޮޑު އަމާޒަކީ ސަރުކާރުން ހަވާލުކުރާ މަސައްކަތްތައް ފުރިހަމަގޮތުގައި ކުރިޔަށް ގެންދިއުން ކަމަށެވެ. އެއީ ކުންފުނީގައި 24،000 ހިއްސާދާރުން ތިބިއިރު އެ މީހުންނަށް ފައިދާ ލިބޭވަރުގެ މަސައްކަތްތަކަށް ވާން ޖެހޭނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

ކުންފުންޏަށް ފައިދާވާނެ ވަރަށް ނުވަތަ ކުރިޔަށް އޮތް ދެ އަހަރަށް ވާވަރަށް ވެސް ޕްރޮޖެކްޓުތައް ލިބިފައިވާކަން މީގެ ކުރިން ވެސް އާޒިމް ވަނީ ފާހަގަ ކުރައްވާފައެވެ. އެމްޓީސީސީގެ ބައެއް ކާމިޔާބީތަކާއި ބެހޭ މައުލޫމާތުތައް ސޯޝަލް މީޑިއާގައި ހިއްސާކުރައްވާ އާޒިމް ވިދާޅުވީ އެމްޓީސީސީގެ 40 އަހަރުވީ ދިގު ތާރީހުގައި 2020 ވަނަ އަހަރަކީ ކުންފުނިން އެންމެ ގިނަ ޕްރޮޖެކްޓްސްތައް ނިންމި އަހަރު ކަމަށެވެ. އާޒިމް ވިދާޅުވީ ގޮތުން އެމްޓީސީސީއިން ވަނީ 34 ޕްރޮޖެކްޓްގެ މަސައްކަތް ނިންމައިފައެވެ.

އެމްޓީސީސީއިން ނިންމާފައިވާ ޕްރޮޖެކްޓުތަކުގެ ތެރޭގައި، ރާއްޖޭގެ ރަށްތަކުގެ ބަނދަރު ތަރައްގީ ކުރުމުގެ މަސައްކަތްތަކާއި، ބިން ހިއްކުމާއި، އެއާޕޯޓުތައް ތަރައްގީކުރުން ހިމެނެއެވެ. އޭގެ އިތުރުން ފަޅު ފުން ކުރުމުގެ އެކި މަސައްކަތްތައް ވެސް އެމްޓީސީސީއިން ކުރިޔަށް ގެންގޮސްފައި ވެއެވެ. މީގެ އިތުރުން އިމާރާތްތައް ޑިޒައިނިން އާއި، ކޮންސްޓްރަކްޝަންގެ ގިނަ ޕްރޮކެޓްތަކެއްވެސް މިދިޔަ އަހަރު އެންޓީސީސީން ވަނީ ނިންމައިފައެވެ.

ސަރުކާރުގެ ވިސްނުމަކީ މަޝްރޫއުތަކާއި، ޕްރޮޖެކްޓުތަކުގައި އެއްވެސް މަޑުޖެހުމެއް ނެތި ކުރިޔަށް ދިޔުންކަމަށް އާޒިމް ވިދާޅުވެފައި ވެއެވެ. އަދި ކުންފުނީގެ ފައިނޭންސިން ރަނގަޅަށް ބެލެހެއްޓޭކަމަށާއި، އިންތިޒާމުތަކާއި އެކު މަސައްކަތަކަށް ވާނީ މިވަގުތު ހަވާލުކޮށްފައި ހުރި ހުރިހާ މަޝްރޫއެއްގެ މަސައްކަތްތައް ނިންމާލުންކަމަށް އާޒިމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: