ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މިއަދު ކޮވިޑަށް ޕޮޒިޓިވްވީ 33 މީހުން

މާލޭގައި އަނެއްކާވެސް ކޮވިޑު ފެތުރުން ވަނީ އިތުރުވެފައި/ ފޮޓޯ: ސޯޝަލް މީޑިއާ
ޝެއާރކޮށްލާ ކަހަލަދޯ؟

މިއަދު 33 މީހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނީ ކޮވިޑަށް ޓެސްޓްކުރި 1734 ސާމްޕަލްގެ ތެރެއިން 33 ސާމްޕަލް ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

24 ކޭސް ފެނިފައިވަނީ މާލެއިންނެވެ. އަދި މީހުން ދިރިއުޅޭ ރަށަކުން އެކަކާއި ރިސޯޓުތަކުން ހަ މީހުންނާއި އިންޑަސްޓްރިއަލް ރަށަކުން މީހަކާއި، ސަފާރީ އުޅަނދަކުން މީހަކު ޕޮޒިޓިވްވެފައިވެ އެވެ.

މިއަދު ޕޮޒިޓިވްވީ މީހުންނާއެކު ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު މިހާރު ވަނީ 13،867 އަށް އަރައިފައެވެ.

ރާއްޖޭގައި ކޮވިޑް ޖެހިގެން 48 މީހަކު މިހާތަނަށް މަރުވެފައިވެ އެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: