ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

ރެޑްބުލްދަޅުތަކަކާއި އިތުރު ބައެއްތަކެތީގެ ވެރިފަރާތެެއް ހޯދަނީ

ފުލުހުންގެ މައި އިދާރާ ޝަހީދު ޙުސެއިން އާދަމް ބިލްޑިންގް. ފޮޓޯ: ޕޮލިސްލައިފްއެމްވީ
ޝެއާރކޮށްލާ ކަހަލަދޯ؟

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ތަކެތީގެ ވެރިފަރާތް ހޯދުމުގެ މަސައްކަތް ފުލުހުން ކުރަންފަށަފިއެވެ.

ފުލުހުން ބުނީ މި ތަކެއްޗަކީ މާލޭގެ އެކި ސަރަހައްދުތަކުން ތުހުމަތު ކުރެވިގެން ހުއްޓުވައި ސުވާލުކުރި ބައެއް މީހުންގެ އަތުން ފެނިފައިވާ ތަކެތި ކަމަށާއި އެ ތަކެތީގެ ވެރިފަރާތް އެ މީހުންނަށް ބުނެދެވިފައި ނުވާތީ އެ ތަކެތި ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިިިިިިިިިިިިވާކަމަށެވެ.

އެގޮތުން ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި ތަކެއްޗަކީ:

2021 ޖެނުއަރީ 1 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ރަތްވިލާ ހިނގުމުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ތިން ޑަބަލް ސޮކެޓް، ސިންގަލް ސޮކެޓް، ހަތަރު ހުޅުފަތް އަދި ފާރުގަ ހަރުކުރާ ލައިޓެއް. އިންސިޑެންޓް ނަންބަރު 474647

2020 ޑިސެންބަރު 31 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި އިސްކަންދަރު މަގުން ހުއްޓުވި ބިދޭސީއެއްގެ އަތުން ފެނިފައިވާ ދެ ޕްރޮޕް  ދަނގަނޑު. އިންސިޑެންޓް ނަންބަރު 474548

2020 ޑިސެންބަރު 31 ވަނަ ދުވަހު މޫކައި ސުއިިޓްކައިރިން ހޮަވައިގެން ގެނެސްފައިވާ 200 ރުފިޔާ. އިންސިޑެންޓް ނަންބަރު 474498

2020 ޑިސެންބަރު 31 ވަނަ ދުވަހު އަލިމަސް ކާނިބަލް ސްޓޭޖް ފިލާގަނޑު ދަށުގައި ފޮރުވާފައިވަނިކޮށް ފެނިފައިވާ ކާރު މަލްޓިމީޑިއާ ސެޓް، ދާކޮޅެއް އަދި ދެ ސައިކަލް ޝޮކް. އިންސިޑެންޓް ނަންބަރު 474494

2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި އަބަދަށް ފެހިމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވަނީ ޑަރެޖް ބްރޭންޑްގެ ދެ ސެންޓްފުޅި. އިންސިޑެންޓް ނަންބަރު 474409

2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ކާމިނީމަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވާ ނައިކް ބްރޭންޑްގެ ދަބަހެއް. އަދި ދަބަސް ތެރޭގައި ހުރި އިންޑަސްޓްރިއަލް ސޭފްޓީ ބެލްޓް، އޭސީ ގޭސް ގޭޖް، ފިންގަރ ޓެކް ޑޯ ލޮކް ސިސްޓަމް، އިސްކުރު އަނބުރާ ކަށިގަނޑަކާއި ޕީސީ އިންއައުޓް ކޭބަލެއް އަދި މަކީޓާ ބްރޭންޑްގެ ބުރުމާއަކާއި އެންޓި ސްލިޕް ކޯޓިންގ ސްޕްރޭ ފުޅިއެއް. އިންސިޑެންޓް ނަންބަރު 474413

2020 ޑިސެންބަރު 30 ވަނަ ދުވަހު މ.ރަބީއުވިލާގެ ދެވަނަ ފަންގިފިލާއަށް ހުއްދަނެތި ވަތް ދެމީހަކު އެތަނުގައި ބަހައްޓާފައިވަނިކޮށް ފެނިފައިވާ ޑެލް ބްރޭންޑްގެ ސީޕީއޫއަކާއި އޭސަރ ބްރޭންޑްގެ ސީޕީޔޫއަކީ އޭސަރ ބްރޭންޑް މޮނީޓަރަކާއި ޑީވީޑީ ޕްލެޔަރެއް.  އިންސިޑެންޓް ނަންބަރު 474490

2020 ޑިސެންބަރު 30 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ޝަހީދު އަލީ މިސްކިތް ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފެނިފައިވާ ޝޫރެކަކާއި ކްލޯތު ރެކެއް. އިންސިޑެންޓް ނަންބަރު 474456

2020 ޑިސެންބަރު 29 ވަނަ ދުވަހު ވައްކަމުގެ މައްސަލައެއްގައި ތުހުމަތުގައި ވައިލެޓް މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހެއްގެ އަތުން ފެނިފައިވަނީ އެންޒީ ބްރޭންޑް 36 މަސްދަޅު، 21 ރެޑްބުލް ދަޅު އަދި ކުކިންގ ޗޮކްލެޓެއް. އިންސިޑެންޓް ނަންބަރު 474297

2020 ޑިސެންބަރު 26 ވަނަ ދުވަހު އިއްޒުދީން މަގުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި ދެމީހެއްގެ އަތުން ފެނިފައިވާ ކަރަންޓް ކޭބަލް ހުރި ގޯންޏެއް. އިންސިޑެންޓް ނަންބަރު 474074

ވީމާ މި ތަކެތީގެ ވެރިފަރާތުން، ފުލުހުންގެ ޖެނެރަލް އިންވެސްޓިގޭޝަން ޑިޕާޓްމަންޓްގެ ނަންބަރު 9631696 އަށް ގުޅުއްވައި، އިންސިޑެންޓް ނަންބަރު  ވިދާޅުވެ، ކާކުކަން އެނގޭނެ ލިޔުމަކާއެކު ޝަހީދު ޙުސައިން އާދަމް ބިލްޑިންގަށް ހާޒިރުވެ ތަކެއްޗާއި ހަވާލުވެލެއްވުން ފުލުހުން އެދެއެވެ.

 

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: