ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ އެފްޓީއޭ މި ސަރުކާރުން ތަންފީޒު ކުރުން: ޝިޔާމް

ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް: ފޮޓޯ މަޖިލިސް
ޝެއާރކޮށްލާ ކަހަލަދޯ؟

މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާއާއެކު ހެއްދެއްވި ފްރީ ޓްރޭޑް އެގްރީމެންޓް (އެފްޓީއޭ) މި ސަރުކާރުން ތަންފީޒު ކުރުން ކަމަށް ނައިފަރު ދާއިރާގެ މެމްބަރު އަދި ޕީޕީއެމްގެ ނައިބު ރައީސް އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޝިޔާމް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ރާއްޖެ އަށް އަދި ވަކިން ހާއްސަކޮށް ދިވެހި މަސްވެރިންނަށް ލިބޭނެ އެންމެ ބޮޑު އުފަލަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޗައިނާ ސަރުކާރާއެކު ހެއްދެވި ފްރީ ޓްރޭޑް އެގްރީމެންޓަށް މި ސަރުކާރުން ތަންފީޒު ކުރުން ކަމަށެވެ.

“ދިވެހިން ބާނާ މަހާއި މަހުގެ އުފެއްދުންތައް ޒީރޯ ޓެރިފްގައި 1.4 ބިލިއަނަށް ޗައިނާ އަށް އެކްސްޕޯޓް ކުރުމުން ހަމަ އަގު ލިބޭނެ” ޝިޔާމް ވިދާޅުވިއެވެ.

ޝިޔާމް މިހެން ވިދާޅުވިއިރު، ޗައިނާއާ އެކު ވެފައިވާ އެފްޓީއޭއަކީ ސޮއިކުރަން ހެޔޮވާވަރުގެ އެއްޗެއް ނޫން ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ދާދިފަހުން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އެ އެއްބަސްވުމުގެ ދަށުން ޗައިނާއިން ޑިއުޓީ ފްރީކޮށް މުދާ އެތެރެކުރެވުނު ނަމަވެސް، ޗައިނާ ފަދަ ބޮޑު ގައުމެއްގެ މުދަލުން ސުން ޕަސެންޓް ނަގާފައި އެހެން ގައުމުތަކުގެ މުދަލުން އެއަށްވުރެ ބޮޑު ޕަސެންޓެއްގެ ޑިއުޓީ ނެގުމަކީ އެ ގައުމުތަކާއެކު އޮންނަ ވިޔަފާރީގެ ގުޅުމަށް ބުރޫ އަރާނެކަމެއް ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: