ސަންގުން ދޮގެއް ނަހަދާނެ

ކުއްލި ޚަބަރު

އީޔޫ އާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެއް މިލިއަން ޔޫރޯގެ އެހީ

ޝެއާރކޮށްލާ ކަހަލަދޯ؟

ކޮވިޑް-19އާ ދެކޮޅަށް ރާއްޖެއިން ކުރާ މަސައްކަތަށް އެހީވުމުގެ ގޮތުން ޔޫރަޕިއަން ޔޫނިއަން (އީޔޫ) އާއި ޑަބްލިއުއެޗްއޯ އިން ރާއްޖެއަށް އެއް މިލިއަން ޔޫރޯ ދީފިއެވެ.

ހެލްތް މިނިސްޓްރީން ބުނީ މި އެހީ ބޭނުން ކުރުމަށް ހަމަޖެހިފައިވަނީ ކޮވިޑާއި ދެކޮޅަށް ކުރާ މަސައްކަތަށް ބޭނުންވާ ބޭހާއި، ހުޅުމާލޭ މެޑިކަލް ފެސިލިޓީ އަދި ރީޖަނަލް ކޮވިޑް އައިސީޔޫ ފެސިލިޓީތަކަށް ބޭނުންވާ ސާމާނު ފޯރުކޮށްދިނުމަށް ކަމަށެވެ.

މީގެ އިތުރުން ރީޖަނަލް އައިސީޔޫއެއް ވެސް މި އެހީގެ ދަށުން ގާއިމުކުރާނެ ކަމަށާއި އެއާއެކު ގާއިމްކޮށް އެއާއެކު އައިސޮލޭޝަނަށް އަދި އައިސީޔޫ އަށް ގެންދާ ބަލިމީހުންނަށް ދެވޭ ހިދުމަތް މިހާރަށް ވުރެ ހަރުދަނާ ވެގެންދާނެ ކަމަށްވެސް މިނިސްޓްރީން ބުނެއެވެ.

މި އެހީ އާއި ގުޅިގެން ހެލްތް މިނިސްޓަރު އަހުމަދު ނަސީމް ވިދާޅުވީ ކޮވިޑްގެ ކަންކަމުގައި ޑަބްލިއުއެޗްއޯ އިން ވަރަށް ގާތުން އެ މިނިސްޓްރީއާއެކު މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމުގައި އެ ޑަބްލިއުއެޗްއޯ އާއި އީޔޫ އަދި އަވަށްޓެރ ގައުމުތަކުން ދިން އެހީތެރިކަން މުހިއްމު ދައުރެއް އަދާކުރި ކަމަށްވެސް ނަސީމް ވިދާޅުވިއެވެ.

ވަރަށް ގަދަ
0%ވަރަށް ގަދަ 0%ވަރަށް ގަޔާވޭ 0%ބޮޑު ޖޯކެއް 0%ހައިރާންވެއްޖެ 0%ވަރަށް ދެރަ 0%ރުޅިގަދަ ވަނީ
ލިޔުން ކިޔާލެވިއްޖެ ދޯ! ކޮބާ ޚިޔާލަކީ؟

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް
ސަންގު ޓީވީގެ ހާއްސަ ޕްރޮގްރާމްތަކުގެ ތެރޭގައި: